ޕިއްޒާއަކީ ގިނަ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއްޗެކެވެ. ރާއްޖެއިންވެސް ޕިއްޒާގެ ތަފާތު އެކި ރަހަތައް ލިބެން ހުރެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕިއްޒާ ތައްޔާރުކުރުމުގައި ތަފާތު އެކި އެއްޗެހި ބޭނުންކުރެއެވެ. ފަހަރުގައި އަދި މިކަހަލަ ޕިއްޒާއެއް ރަހަ ބަލާލުމުގެ ފުރުސަތު ނުލިބި އޮވެދާނެއެވެ.
ސްވިޑަން: ދޮންކެޔޮ
ސްވިޑަންގައި މި ޕިއްޒާއަށް ދެވިފައިވާ ނަމަކީ "ޕިއްޒާ އެފްރިކާނާ" އެވެ. ނުވަތަ ބަނާނާ ކަރީ ޕިއްޒާއެވެ. މި ޕިއްޒާގެ ޓޮޕިންގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޕީނަޓް، ދޮންކެޔޮ، ކުކުޅު، އަލަނާސި އަދި ގިނަ އަދަދެއްގެ ކަރީ ޕައުޑާއެވެ.
ފިންލެންޑް: ރެއިންޑިއާ
ރެއިންޑިއާއަކީ ފުއްލާގެ ބާވަތެކެވެ. ފިންލެންޑްގައި ބައެއް ރެސްޓޯރެންޓްތަކުން ރެއިންޑިއާ މަސް ޓޮޕިން އަށް ބޭނުންކޮށްފައި ހުންނަ ޕިއްޒާ ލިބެން ހުރެއެވެ. މިބާވަތުގެ ޕިއްޒާގެ ޓޮޕިންގައި ދެން ބޭނުންކޮށްފައި ހުންނަނީ މަޝްރޫމް އާއި ފިޔާއެވެ.
އިންގްލެންޑް: ބޭކެޑް ބީންސް
މިއީ އިންގްލެންޑްގައި ތައްޔާރުކުރާ ޕިއްޒާއެކެވެ. މި ޕިއްޒާގެ ޓޮޕިންއަށް ބޭނުންކޮށްފައި ހުންނަނީ ބޭކެޑް ބީންސްއެވެ.
ޑެންމާކް: އަސްމަސް
ޑެންމާކްގައި ޕިއްޒާ ތައްޔާރުކުރުމުގައި އަސް މަސް ބޭނުންކުރެއެވެ. މިއީ އެގައުމުގެ ބައެއް މީހުންގެ މެދުގައި މަގުބޫލު ޕިއްޒާއެކެވެ.
އޮސްޓްރޭލިއާ: ކެންގަރޫ، ކިނބޫ، އީމް
އޮސްޓްރޭލިއާއަކީވެސް ޕިއްޒާ ތައްޔާރުކުރުމުގައި އެކި ރަހަތައް ގެނެސްދޭން ކުރީގައި އުޅޭ ގައުމެކެވެ. ކެންގަރޫ، ކިނބޫ ފަދަ ޖަނަވާރުގެ މަހަކީ އާންމުކޮށް މީހުން ކައި އުޅޭ އެއްޗެއް ނޫން ނަމަވެސް އޮސްޓްރޭލިއާގައި ކެންގަރޫ، ކިނބޫ އަދި އީމް އެކުލެވޭ ޕިއްޒާ ލިބެން ހުރެއެވެ.
ފަލަސްތީން: ފޮނިތޮށި
ފަލަސްތީނަކީވެސް ޕިއްޒާގެ ތަފާތު ރަހައެއް ގެނެސްދޭ ގައުމެކެވެ. ޒައިތޫނި ތެލާއި، ކުކުޅު އަދި ޕީނަޓްގެ ރަހަތަކާއެކު އެ ޕިއްޒާއަށް ދެން އިތުރު ކޮށްލަނީ ފޮނިތޮއްޓެވެ.
ކޮސްޓަރިކާ: ކާށި
ކޮސްޓަރިކާގައި މިއީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޕިއްޒާއެކެވެ. ކާށީގެ އިތުރުން މި ޕިއްޒާގައި ދެން ބޭނުންކޮށްފައިވަނީ ޝްރިމްއެވެ.