Bollywwod Ehmme Huthuru Actress ey Bunumun Taapsee Dhini Varugadha Rahdheh
image
ތާޕްސީ ޕަންނޫ--
0 ކޮމެންޓް
 

ބޮލީވުޑްގެ އެންމެ ހުތުރު އެކްޓްރެސް އޭ ބުނުމުން ތާޕްސީ ދިނީ ވަރުގަދަ ރައްދެއް

ތާޕްސީ އާ ދިމާލަށް "ބޮލީވުޑްގެ އެންމެ ހުތުރު އެކްޓްރެސް" އޭ ބުނުމުން ތާޕްސީ ޕަންނޫ އެމީހާއަށް ވަރުގަދަ ރައްދެއް ދީފިއެވެ.
ތާޕްސީ އަކީ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ތަރިއެކެވެ. ގިނަ ކާމިޔާބު ފިލްމު ތަކެއް އޭނާ ކުޅެފައިވާއިރު ގިނަ ބައެއްގެ ލޯބި އޭނާ އަށް ވަނީ ލިބިފައެވެ. ގިނަ ބަޔަކު އޭނާ އަށް އޭނާގެ ރީތިކަމާއި ހުނަރަށް ތައުރީފުކުރަމުން އަންނަ އިރު ދާދި ފަހަކުން ތާޕްސީ އަށް ވަނީ ޓުވިޓާ މެދުވެރިކޮށް ހަމަލާއެއް އައިސްފައެވެ.

އެގޮތުން ސޫރަޖް ނަމަކަށް ކިޔާ ފަރާތެއް ވަނީ ތާޕްސީ ދިމާލަށް އެއީ ބޮލީވުޑްގެ އެންމެ ހުތުރު އެކްޓްރެސް ކަމަށާއި ތާޕްސީ އިތުރަށް ފެންނަން ބޭނުން ނުވާކަމަށް އޭނާ ބުނެއެވެ. އަދި ތާޕްސީގެ ކުރިއަށް އޮތް ދެ ފިލްމަށް ފަހު ބޮލީވުޑުން އޭނާ ދުއްވާލަށް ބޭނުންވާކަމށް ސޫރަޖް ވަނީ ބުނެފައެވެ.

ތާޕްސީ ވަނީ ވަރަށް ކޫލް ކަމާއެކު ސޫރަޖަށް ރައްދުދީފައެވެ. އެގޮތުން ތާޕްސީ ބުނީ ތިން ފިލްމެއް ވަނީ އޭނާ އަށް ލިބިފައިވާކަމަށެވެ. އަދި އިތުރު ދެ ފިލްމަކަށް މިހާރު ސޮއެ ކޮށްފައިވާކަމަށާއި އަދި ޖެހޭނީ އޭނާ ކެތްކޮށްލަން ކަމަށް ތާޕްސީ ބުނެއެވެ.

ތާޕްސީ ދެން ފެނިގެންދާނީ ސުޖޯއީ ގޯޝް ޑައިރެކްޓު ކުރާ "ބަދްލާ" އިންނެވެ. އެފިލްމުގައި އޭޏާ އާކު އަމީތާބު ވެސް ފެނިގެންދާނެއެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މާރޗް މަހުގެ އަށްވަނަ ދުވަހުގައެވެ.


ހިޔާލު