Sanjay Leela Bansaali, Poonamge Dhari Bollywoodah Tha-araf kurani
image
ޕޫނަމް އާއި އޭނާގެ ދަރި އަންމޯލް--
0 ކޮމެންޓް
 

ސަންޖޭ ލީލާ ބަންސާލީ، ޕޫނަމްގެ ދަރި ބޮލީވުޑަށް ތައާރަފް ކުރަނީ

ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ، ޕޫނަމް ދިލަންގެ ފިރެހެންދަރި އަންމޯލް ތަކޭރިއާ ބޮލީވުޑަށް ތައާރަފްކުރަން ނިންމައިފިއެވެ.
ސަންޖޭ ވަނީ މީގެ 11 އަހަރު ކުރިން ސޯނަމް ކަޕޫރާއި ރަންބީރު ބޮލީވުޑަށް ތައާރަފް ކޮށްފައެވެ. އެ ދެތަރިންނަށް ފަހު އަނެއްކާވެސް ސަންޖޭއެވަނީ ބޮލީވުޑްގެ ކުރީގެ ފަންނާނެއް ކަމަށްވާ ޕޫނަމްގެ ދަރި ބޮލީވުޑަށް ތައާރަފް ކުރަން ނިންމާފައެވެ.

ޕޫނަމް ވަނީ އެހަބަރަކީ ތެދު ހަބަރެއްކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން އޭނާ ޕިންކްވިލާ އަށް ދިން އިންޑަވިއުއެއްގައި ވާހަކަ ދައްކަމުން ބުނީ އޭނާ އެހުރީ ވަރަށް އުފާވެފައިކަމަށެވެ. ސަބަބަކީ އޭނާ ފިރިހެން ދަރި ފިލްމެއްގައި މަސައްކަތް ކުރަން ނިންމާފައިވާތީ ކަމަށެވެ. އަދި މަންމައެއްގެ ހައިސިއްޔަތުން އޭނާ ވަރަށް އުފާވާ ކަމަށަވެސް ޕޫޖާ ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޕޫޖާ ބުނީ އޭނާ ދަރި ހުރީ ވަރަށް އުފާވެފަ ކަމަށާއި އޭނާ ގެ މިސްރާބު ހުރީ ދެން ބޮލީވުޑަށް ކަމަށެވެ.

ވާހަކަ ދެކެވޭ ގޮތުގައި އަންމޯލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މީގެ ކުރިން ޝާހިދް ކަޕޫރު މަސައްކަތް ކުރަން އުޅުނު ފިލްމުގައެވެ. ޝާހިދު އެފިލްމު ދޫކޮށްލާފައިވާއިރު ޝާހިދުގެ ބަދަލުގައި އެފިލްމުގައި ލީޑު ރޯލުން ދެން ފެނިގެންދާނީ އަންމޯލެވެ.

ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވާއިރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެފިލްމަށް ކިޔަނީ "ޓިއުޒްޑޭ އެންޑް ފްރައިޑޭ"އެވެ. އަދި ފިލްމުގެ ޝޫޓިން ލަންޑަނުގައި މިހާރު ފަށާފައިވާކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ނަމަވެސް އެކަމާ ގުޅޭ އޮފިޝިއަލް އެންއެންސްމެންތެއް އަދި ލިބިފައެއް ނުވެއެވެ.

ބޮލީވުޑަށް ގިނަ ތަރިން މިހާރު ތައާރަފް ވަމުން އަންނަ އިރު، ގިނަ ބަޔަކަށް އެމޫނުތައް އަންނީ ކަމުދަމުންނެވެ.
ހިޔާލު