ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
އެހެނިހެން
ބަނޑުން ޖަހާލި ލޯންޗު---ފޮޓޯ:އެމްއެންޑީއެފް
29 ޖުލައި 2018
0 ކޮމެންޓް
Tweet
ބަނޑުން ޖަހާލި ލޯންޗު ފެނިއްޖެ
ކ.ވާދޫ އާއި މާލެއާ ދޭތެރޭ ކަނޑުއޮޅިއަށް ބަންޑުން ޖަހާލާފައިވާ ކަމަށް ރިޕޯޓު ކުރި ލޯންޗު، މަސްވެރިކަމަށް ނުކުމެ އުޅުނު ގުޅީ ދޯންޏަކަށް މިއަދު ހެނދުނު ފެނިއްޖެއެވެ.
ބަންޑުން ޖަހާލާފައިއޮތް ލޯންޗު އެ ދޯނީގެ މީހުންނަށް ފެނިފައިވަނީ އެނބޫދޫ ކަނޑުއޮޅިން އޮޔާދަނިކޮށް ކަމަށް އެ ދޯނީގެ ފަރާތުން މިއަދު ހެނދުނު 11:37 ހާއިރު ވަނީ އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑިއެފުން ބުނެއެވެ. އެ ލޯންޗު ފެނުނުއިރު، އޭގައި އެއްވެސް މީހަކު ނެތް ކަމަށާއި، މިހާރު އެ ލޯންޗު ވަނީ ކ.ގުޅީ ފަޅުތެރެއަށް ވައްދާފައި ކަމަށް ވެސް އެމްއެންޑިއެފުން ބުނެއެވެ. އެމްއެންޑިއެފުން ބުނި ގޮތުގައި އެ ދޯނީގެ ފަޅުވެރިން މިހާރު ދަނީ ބަންޑުން ޖަހާލާފައިއޮތް ލޯންޗު ފެންމައްޗަށް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ރޭ 23:00 ހާއިރު އެވެ. އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ވަނީ ރޭ އެސަރަޙައްދުގައި އެ ލޯންޗު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
ގުޅުންހުރި
ކަނޑުމަތީ ހާދިސާ
އެމްއެންޑީއެފް
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ނިހާން ޕޮލިސް ވެހިކަލަކަށް ހުރަސް އަޅާ ވީޑިއޯ އެއް އާންމުވެއްޖެ
4 ގަޑިއިރު ކުރިން
އާތިފް މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކުރަނީ
4 ގަޑިއިރު ކުރިން
ކުރު ވާހަކަ: ބައްޕައެކޭ
4 ގަޑިއިރު ކުރިން
މަސްދޯނި އެކައުންޓާއި މަސްވެރިޔާ ކާޑު ތައާރަފް ކޮށްފި
7 ގަޑިއިރު ކުރިން
ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރޭތޯ ބަލަނީ
7 ގަޑިއިރު ކުރިން