Penalty Jahan Furusathu Nudhinumun Salah Rulhigadha Vejje
image
މުހައްމަދު ސަލާހް އާއި މާނެ ފޯޓޯ:--
0 ކޮމެންޓް
 

ޕެނަލްޓީ ޖަހަން ފުރުސަތު ނުދިނުމުން ސަލާހް ރުޅިގަދަވެއްޖެ

ރޭ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ޔުނައިޓެޑާއި ބައްދަލު ކުރި މެޗުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއެއް ޖެހުމުގެ ފުރުސަތު ނުލިބުމުން އެޓީމުގެ ތަރި މުހައްމަދު ސަލާހް ރުޅިގަދަވެއްޖެ އެވެ.
ޕްރީ ސީޒަން "ފިނި" މެޗެއްގައި ރޭ ލިވަޕޫލާއި ޔުނައިޓެޑު ބައްދަލު ކުރި މެޗުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ އަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިއަކު ސަލާހްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ނަމަވެސް އޭގެ ޕެނަލްޓީ ޖަހަން ބޯޅަ ނަގަން އުޅުމުން އެޓީމުގެ ސަޑިއޯ މާނޭ ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. މި މައްސަލާގައި ދެ ކުޅުންތެރިންގެ ދެ މެދުދުގައި ވަނީ އަރާއެރުން އުފެދި ޒުވާބު ހޫނުވެފައެވެ. ނަމަވެސް ކަންތައް މާބޮޑަށް ގޯސްނުވަނީސް ލިވަޕޫލްގެ ޖޭމްސް މިލްނާ ވަނީ ސަލާހް ޕެނަލްޓީ އޭރިއާއިން ބޭރަށް ނެރެފައެވެ.

ސާޑިއޯ މޭނާއަށް ޕެނަލްޓީ ޖަހަން ފުރުސަތު ދިނުމަށްފަހު ސަލާހް މިލްނާއެކު ދިޔައިރު އޭނާއާއި މާނޭ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރި މަންޒަރު ވަނީ ޓީވީ ކެމެރާތަކަށް ވެސް އަރާފައެވެ. ނަމަވެސް ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލުމަށްފަހު މާނޭ ވަނީ އުފާފާޅު ކުރުމުގައި ސަލާހްއާއެކު ބައިވެރިވެފައެވެ.

ރޭ ލިވަޕޫލުން މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދި މެޗުގައި ސަލާހްއަށް ޕެނަލްޓީއެއް ޖެހުމުގެ ފުރުސަތު ލިބިފައިނުވާއިރު ލިވަޕޫލުން ވަނީ މެޗުގައި ދެ ޕަނަލްޓީ ޖަހާފައެވެ. މިދިޔަ ސީޒަނުގައި ގިނަ ލަނޑުތަކެއް ޖަހާ ޕްރިމިއާ ލީގު ޓޮފް ސްކޮރާގެ މަގާމު ހޯދި މުހައްމަދު ސަހާލްއަށް އަދި މިހާތަނަށް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ހިޔާލު