Ofeesthakun Negi Formthah Libeyne Kamah First Lady Vidhaalhuvaa Vedio eh Leakvejje
image
ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް---
13 ކޮމެންޓް
 

އޮފީސްތަކުން ނެގި ފޯމުތައް ލިބޭނެކަމަށް ފަސްޓް ލޭޑީ ވިދާޅުވާ ވީޑިއޯއެއް ލީކު ވެއްޖެ

ސަރުކާރުގެ ކުންފުނިތަކުންނާއި އޮފީސްތަކުން ރީރަޖިސްޓަ ކުރުމަށް މުވައްޒަފުން ލައްވައި ފުރުވި ފޯމުތައް ވެރިކަން ކުރާ ޕީޕީއެމަށް ލިބޭ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ވިދާޅުވާ ވީޑިއޯއެއް ލީކު ވެއްޖެއެވެ. kobadoctor
އެ ވީޑިއޯއަކީ ރައީސް ޔާމީން ޕީޕީއެމްގެ ކެމްޕޭން ޖަގަހައަކަށް ވަޑައިގެންނެވުމުން ހިނގާ ދިޔަ ކަންތައްތައް ސޯޝަލް މީޑިއާގައި ޕީޕީއެމް ޕްރޮމޯޓު ކުރުމަށް ބޭނުން ކުރަމުން އަންނަ "އަސުރުމާ"އިން ލާފައިވާ ލައިވް ވީޑިއޯއެކެވެ. އެ ވީޑިއޯ "އަސުރުމާ"އިން ވަނީ މިހާރު ނަގާފައެވެ. ނަމަވެސް ފޯމުތައް ލިބި ޕީޕީއެމުން އެފޯމުތަކުގެ މައުލޫމާތު ނަގާ ކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވާ ވީޑިއޯ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވަނީ އާއްމު ކުރައްވާފައެވެ.

މަހުލޫފު ޓްވީޓު ކުރައްވާފައިވާ އެ ވީޑިއޯއިން ރައީސް ޔާމީނާއި، އަނބިކަނބަލުން ފާތުމަތު އިބްރާހީމާއި މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލު ފެނެއެވެ. ތިން ބޭފުޅުން ވެސް ވާހަކަ ދައްކަވަނީ ރީ ރަޖިސްޓަ ކުރުމާއި ބެހޭ ގޮތުންނެވެ. އޭރު ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅޭ ބައެއް އެކްޓިވިސްޓުން ވެސް އެ ކޮޓަރިތެރޭގައި ތިބި މަންޒަރު ވީޑިއޯއިން ފެނެއެވެ.

"ދެން އެނގޭނީ އެންޓަ ކުރީމަ ދެއްތޯ" ރައީސް ޔާމީން ވިދާޅުވެއެވެ.

އޭތި އަންނާނީ ސިވިލް ސާވިސް އާއި ކުންފުންޏާއި، މިރޭ އަންނާނެ. ސިވިލް ސާވިސް އާއި ކުންފުންޏާ ލީމަ އޭތި އަންނާނެ. ސިވިލް ސާވިސް އާއި ކުންފުންޏާއި މިބުނީ ކުންފުނި ތެރެއިން އަންނާނެ ސިވިލް ސާވިސް، އޭތި އަންނާނެ ދޯ އެހެން. އެމީހުން ރަޖިސްޓްރީ ކޮށްލާނެ. އެކަމަކު،" އެހިސާބަށް ރައީސްގެ އަނބިކަނބަލުން ވާހަކަ ދެއްކެވުމުން އަދުލީ ވާހަކަ ދައްކަވަން ފެއްޓެވުމުން އެކަމަނާ ވާހަކަ ދެއްކެވުން ހުއްޓާލައްވައެވެ.

"މިއަދު ވަރަށް ގިނަ،" ކޮޓަރި ތެރެއިން އެހެން މީހަކު ބުނާ އަޑު އިވެއެވެ. އެހިސާބުން އަނެއްކާ ވެސް ރައީސްގެ އަނބިކަނބަލުން ވާހަކަ ދައްކަވަން ފައްޓަވައެވެ. "މިހާރު އޭތި އެބަ އެންޓަ ކުރޭ،" ރައީސްގެ އަނބިކަނބަލުން ވިދާޅުވާ އަޑު އިވެއެވެ.


މަހުލޫފު އެ ވީޑިއޯ ޓްވިޓާގައި އާއްމު ކުރެއްވުމާއި އެކު އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް އިންތިހާބުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަމުންނެވެ.

ވީޑިއޯއާއި ބެހޭ ގޮތުން ރައީސް ޔާމީންގެ ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ އަދުލީއަށް ސުވާލު ދެންނެވުމުން އަދުލީ ވިދާޅުވީ އެ ވީޑިއޯގައި ވާހަކަ ދައްކާފައިވަނީ އޮފީސްތަކާއި އެހެންތަންތަނުގައި ތިބި ރައީސް ޔާމީނަށް ސަޕޯޓު ކުރާ އަދި އެމަނިކުފާނަށް ކެމްޕޭން ކޮށްދޭ ފޯކަލް ޕޮއިންޓުން އެއް ކުރާ ފޯމުތަކުގެ ވާހަކަތައް ކަމަށެވެ.

އަދުލީ ވިދާޅުވީ ވީހާ ވެސް ގިނަ ފޯމުތައް ހޯދާ ރީރަޖިސްޓަ ކުރުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުންދާ ކަމަށެވެ. އެގޮތަށް އެ މަސައްކަތް ކުރަނީ ރީރަޖިސްޓަ ކުރުމުގެ މަސައްކަތް ކުރާ އެހެން ފަރާތްތަކުން ފޯމުތައް ހުށަނާޅާ ވޯޓުލާން ބޭނުންވާ ބަޔަކަށް ހުރަސް އަޅާފާނެތީ ކަމަށެވެ. އަދުލީ ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި ސިވިލް ސާވިސް އޮފީސްތަކުގައި ވެސް ރައީސް ޔާމީނަށް ސަޕޯޓު ކުރާ ފަރާތްތަކުން ވަކިން ރީރަޖިސްޓްރީ ކުރުމަށް ފޯމުތައް ފުރައި އެ ފޯމުތައް ޕީޕީއެމަށް ގެންގޮސްގެން ރީރަޖިސްޓަ ކުރުމަކީ މައްސަލައެއް ކަމަށް ދެކެނުލައްވާ ކަމަށެވެ. އަދި އެއީ މަނާ ކަމެއް ވެސް ނޫން ކަމަށް އަދުލީ ވިދާޅުވިއެވެ.
ހިޔާލު

ފާތިން

މީގަ ކޮބާ މައްސަލައަކީ؟ ހުރިހާ ޕާޓީ ތަކުންވެސް ފޯކަސްކުރާނެ މިދާއިރާ ތަކުގެ މީހުން އެޕާޓީއަކަށް ވެއްދޭތޯ.

ލުތުފީ

އެންޓި ކޮރަޕްޝަން ކޮމިޝަން ކޮބާހޭ!

އަސޭލާ

މީނާ މުގާބޭ އަންހެނުން ނެގި ގޮތަށް ޕީއެޗްޑީ ވެސް އަދި ނަގާނެ.މަހާ ރެހެންދި ޤައުމުކާލަނީ.މަހާރެހެންދި ބުނީ ވަރަށް ރަގަޅު ފިރިއެއްކަމަށް.އެކަމަކު ޢާއިލީ ބަލި ހުންނަ ކަމަށް.އެކަންއެގޭތާ ރުބޭލްގެ ކަންތައް ގަޑުން ވެސް.

ައަންމަޑޭ

ގައުމު ވީދާ ...އިރާ.... ކުދި....

ސަލީމް

ކަލޯ މެން ހަމަ އަސަރެއް ކުރާނީ. އަހަރުމެރް ބޭނުން ގޮތެއް ހަދާނީ

އަހުމަދު

މީސްމީހުން ގެ ޒާޓި ހުރިހާ މޢުލޫމާތެއް ވަނީ ޕީޕީ އެމް ގަ އެންޓަރ ކުރެވިފަ. ދިންމީހެއް ދޭމީހެއނޭގެ.
ގުލާފަ މިބުނަނީ މިވެނި ނަމެއްކިޔާމީ ރެޖިސްޓރީ ކުރަންވެގެންނޭ... އާއިލާގެ އެންމެންގެ މައުލޫމާތު އެބައަހާ...
ރީ ރެޖިސްޓަެ ކުރުމާއި ނުކުރުން ވޯޓްލާމީހާ އިކތިޔާރު ކުރުމަކީ އެމީހެއްގެ އަމިއްލަކަމެއް... އެއީ މީހަކާބެހޭކަމެއްނޫން


ﷲ ގަންދީ ހުވާ މީ ކުރިކަމެތްކަން

ޢެޗްޑީސީ އެޗްއާރު ޑިޕާޓުމެންޓްއިން ހުރިހާ މުވައްޒަފުން އެޗްއާރަށް ގެންގޮސް ރީރަޖިސްޓުރީ ފޯމު ފުރާފަވަނީ

ނުފުރުޖު ފަރާތް

ހުރި ހަލާކެއްގެ ބޮޑުކަމާއެ!!!

އަލީ ފައިސަލް

މުގާބޭގެ އަންހެނުންނާއި ވަކި ތަފާތެއް އެބަހުރިބާ!! ގައުމު ކައި ވީދާ ހުސްކުރުން ކަމަކީ

މުޙައްމަދު

މި ސަރުކާރަށް މަނާކަމެއް އޮވޭތޯ؟ ވައްކަން ކުރުން، އަނިޔާކުރުން، ނުޙައްޤުން ޖަލަށްލުން، ރިޝްފަތު ދިނުން، ރައްޔިތުންގެ ޚަޒާނާ ދަވާލުން، މީހައްތަހާވެސް ހުއްދަކަންތައްތައް،،،

އަލީ ފައިސަލް

ވެރިކަމާއި ހެދި ހޭބަލިވަނީތަ، ތިޔަހުރި މެޑަމަކަށް ވާވަރު ދޯ!!

މީމު

ހުރިހާ ކަމަކުން ވައްކަންކުރުން ނޫންކަމެއް މިދެމީހުންގެ ނޯވޭ، އަބަދުވެސް ވިސްނަމުންދަނީ ވަގަށް އެއްޗެއް ކަޓުވާލާނީ ކިހިނެއްތޯ..

ނަޖްވާ

މި އަދްލީ އަކީވެސް ވަރަށް ހިފިނުހުރެވިގެން އުޅޭ މީހެއް!