Anand ge Ufandhuvahu Sonam ge Kokko Dhini Thafaathu Hadhiyaeh
image
އަނަންދުގެ އުފަންދުވަހު ސޯނަމްގެ ކޮއްކޮ ދިނީ ތަފާތު ހަދިޔާއެއް
1 ކޮމެންޓް
 

އަނަންދުގެ އުފަންދުވަހު، ސޯނަމްގެ ކޮއްކޮ ދިނީ ތަފާތު ހަދިޔާއެއް

ސޯނަމް ކަޕޫރުގެ ފިރިމީހާ އަނަންދް އަހުޖާގެ އުފަން ދުވަހު ސޯނަމުގެ ކޮއްކޮ ރިއާ ކަޕޫރު ވަރަށް ތަފާތު ހަދިޔާއެއް ދީފިއެވެ.
އިއްޔެ އަނަންދަށް 35 އަހަރު ފުރިފައިވާއިރު ސޯނަމްގެ އާއިލާއިން ވަނީ އޭނާގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ. އަނަންދަށް އުފަން ދުވަހު އެކި ވައްތަރުގެ ކޭކާއި ހަދިޔާ ލިބުނުއިރު ގިނަ ބައެއްގެ ލޯތައް ދިޔައީ ސޯންމްގެ ކޮއްކޮ ރިއާ އޭނާއަށް ދިން ހަދިޔާ އަށެވެ.

ރިއާ އަނަންދަށް ދީފައިވަނި ވަރަށް ބޮޑު ބޫޓެކެވެ. މަލުން ޒީނަތްތެރިކޮށްފައިވާ އެބޫޓަކީ ސްނިކާ ބްރޭޑުގެ ވެޖްނޮން ވެޖްގެ ބޫޓެކެވެ. ރިއާ ވަނީ އިންސްޓާގްރާމް މެދުވެރިކޮށް އަނަންދް އެބޫޓު ހިފަހައްޓައިގެން ހުރި ފޮޓޯއެއް ހިއްސާކޮށްފައެވެ.

ރިއާ ބުނީ އަނަންދަށް ކަމުދާނެ ކަހަލަ ބޫޓެއް އޭނާއަށް ނޭނގޭކަމަށެވެ. އެހެންވުމުން އެމީހުން އަމިއްލައަށް ބޫޓެއް ހެދިކަމަށެވެ. އަދި އެކަހަލަ ބޫޓެއް އަނަންދު އަތުގައި މީގެ ކުރިން ނުހުންނާނެ ކަމަށް ރިއާ ބުނެއެވެ.

ސޯނަމް އަނަންދަށް އަދި ހަދިޔާ އެއް ދީފައި ނުވާއިރު ގިނަ ބަޔަކު އަންނަނީ އޭނާ އަނަންދަށް ދޭނީ ކޮން ހަދިޔާއެއްތޯ ސުވާލުކުރަމުންނެވެ.
ހިޔާލު

ނާޒިފާ

ސޮނަމް ދިން ހަދިޔާ ވީއެފް ޕީ އަށް ނޭންގުނީމަ ހިތާމަކުރަން ؟