Ronaldo Juventus Ge Training Gai Baiverivaan Fashaifi
image
ކްރިސްޓިއާނޯ ރޮނާލްޑޯ (ވ.3) ޔުވެންޓަސްގެ ބައެއް ކުޅުންތެރިޔާއެކު ފޮޓޯ:---
0 ކޮމެންޓް
 

ރޮނާލްޑޯ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

މިފަހަރުގެ ޓްރާންސްފާ ވިންޑޯގައި 99 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައި ރިއާލް މެޑްރިޑު ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެކްލަބާއެކު ފަރިތަކުރުންތައް ފަށައިފި އެވެ.
މި ފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ފެނިގެންދިޔަ އެންމެ ހައިރާން ކުރުވަނި ޓްރާންސްފާއަށް ފަހު ރޮނާލްޑޯ ޔުވެންޓަސްއާއެކު ފުރަތަމަ ފަރިތަކުރުމުގައި ބައިވެރިވެފައިވަނީ މިއަދު އެވެ. 33 އަހަރުގެ ރޮނާލްޑޯ ވޯލްޑް ކަޕަށްފަހު ނެގި ޗުއްޓީ ކުރުކޮށްލުމަށްފަހު ފަރިތަކުރުންތައް ފަށާފައިވާއިރު ޓީމުގެ ބައެއް އެހެން ކުޅުންތެރިން އަދި ވެސް ތިބީ ޗުއްޓީގައެވެ.

4 ފަހަރު ޗެމްޕިއަންސް ލީގު އަދި 2 ފަހަރު ލަލީގާ ކާމިޔާބުކޮށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަ ކްރިސްޓިއާނޯ އޭނާގެ އާ ކްލަބާއެކު ފަރިތަކުރުންތަކުގައި ބައިވެރިވާ ފަށާފައިވާއިރު ބެލެވޭ ގޮތުގައި ސީޒަން ފަށާ މެޗުގައި އޭނާ ޔުވެންޓަސްގެ ޖާޒީގައި ފުރަތަމަ ފަހަރަށް ދަނޑުމަތިން ފެނިގެންދާނެ އެވެ.

ޔުވެންޓަސްއިން ކުރިއަށް އޮތް ސީޒަނަށް ނުކުންނާނީ ލީގު ތަށި ދިފާއު ކުރުމުގެ އިތުރުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ރިއާލް އަތްދަށުވެ މުބާރާތުން ކެޓުމުން ލިބުނު ފިލާވަޅުން އިބުރަތް ހޯދާ ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު މިފަހަރުގެ ޗެމްޕިއަންސް ލީގު އުފުލާލުމުގެ އުއްމީދާ އެކުއެވެ.
ހިޔާލު