Suhana Ge Furathama Fenilun Kamudheytha?
image
ސުހާނާ ހާން--
0 ކޮމެންޓް
 

ސުހާނާގެ ފުރަތަމަ ފެނިލުން ކަމުދޭތަ؟

ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހް ރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން މަސައްކަތްކޮށްފައިވާ ފުރަތަމަ މެގަޒިން ކަވާ އާއްމުކޮށްފިއެވެ.
ވަރަށް އަވަހަށް މެގަޒިން އެއްގެ ކަވާއިން ސުހާނާ ފެންނާނެކަމަށް އޭނާގެ މަންމަ ގޯރީ، މީގެ ދެތިން މަސް ކުރިން އިއުލާނުކުރިއިރު އޭނާ ފެނިގެންދާނީ މަޝްހޫރު މެގަޒިންއެއްގެ ކަވާ އަކުންކަމަށް ހާމަކުރިނަމަވެސް އެއީ ކޮން މެގަޒިންއެއްކަމެއް ހާމައެއް ނުކުރެއެވެ.

އުމުރުން އެންމެ 18 އަހަރުގެ ސުހާނާގެ ފުރަތަމަ މަސައްކަތް އިއްޔެ ލޯންޗުކޮށްދީފައިވަނީ އޭނާގެ ބައްޕަ، ޝާހު ރުކް ހާނެވެ. އެގޮތުން އޭނާ ފެނިގެންގޮސްފައިވަނީ މަޝްހޫރު މެގަޒިންއެއްކަމަށްވާ ވޮގް އިންޑިއާގެ މެގަޒިން ކަވާއިންނެވެ. ސުހާނާގެ ފުރަތަމަ މަސައްކަތް ލޯންޗުކޮށްދިނުމަށްފަހު ޝާހު އެކަން ޓްވީޓާ މެދުވެރިކޮށް ހިއްސާކުރިއިރު ގޯރީ ވެސް ވަނީ ސުހާނާ އެމެގަޒިންއަށް ޝޫޓްކޮށްފައިވާ ފޮޓޯއަކާއި ވީޑިއޯއެއް ހިއްސާކޮށް ވޮގް އިންޑިއާއަށް ޝުކުރުއަދާކޮށްފައެވެ.


އެމެގަޒިންގެ ކަވާގައި ސުހާނާގެ ފެނިލުން ގިނަ ބަޔަކަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާއިރު އެކަމަށް ނަގާފައިވާ ފޮޓޯތަކުން އެކަނިވެސް ބޮލީވުޑުގައި މަސައްކަތްކުރުމަށް އޭނާ ވަރަށް ތައްޔާރުކަން ހާމަވާކަމަށް ގިނަ ބަޔަކު ބުނެއެވެ. މީގެ އިތުރުން ސުހާނާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރުވެސް ވަރަށް ބޮޑަށް ފޮޓޯތަކުން ފެނިގެންދާ ކަމަށް އެއްބަޔަކު އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައި ޝާހް ވަނީ ސުހާނާ ވެސް ބޮލީވުޑުގައި މަސައްކަތް ކުރަން ބޭނުންވާކަމަށް ހާމަކޮށްފައެވެ. އަދި ކޮންމެ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވިނަމަވެސް ކިޔަވާ ނިމުމުން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޝާހް ބުނެފައިވެއެވެ.

އެކްޓުކުރުމަށް ޝައުގުވެރިކަން ހުންނަ ސުހާނާ، ބޮލީވުޑަށް ނުކުންނާނެ ދުވަހަކަށް ގިނަ ބަޔަކު މިހާރު ކެތްމަދުވެފައިވާއިރު ވަރަށް އަވަހަށް ބޮލީވުޑުން ފެނިގެންދާނެކަމަށް ބެލެވެއެވެ.
ހިޔާލު