Hassan Saeedge Suspension 2 Aharahfahu Uvaalaifi
image
ހަސަން ސައީދު---ފޮޓޯ:ވީނިއުސް
0 ކޮމެންޓް
 

ހަސަން ސައީދުގެ ސަސްޕެންޝަން ދެ އަހަރަށްފަހު އުވާލައިފި

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފައި ހުންނަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްފަހުން ސަސްޕެންޝަން އުވާލައިފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ހަސަން ސައީދުގެ ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އަދި މިއަދު ހަސަން ސައީދުވަނީ އޮފީހަށް ވެސް ނުކުންނަވާފައެވެ.

ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުގައި ހަސަން ސައީދު ސަސްޕެންޑު ކުރީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ބަލަން ފެށުމާއި ގުޅިގެންނެވެ. ހަސަން ސައީދުގެ ސަސްޕެންޝަން އުވާލީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުމުން ކަމަށް އެނގިފައިވެއެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުން އޭރު ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސަން ސައީދާއި ގުޅިގެން ކޮމިޝަނަށް ހުށަހެޅި އޭރު ބަލަން ފެށި މައްސަލައަކީ ފެމިލީ ކޯޓުގެ ބައްދަލުވުމެއްގައި މުވައްޒަފުންނަށް މުހާތަބުކޮށް ދެއްކި ވާހަކައެއްގައި ހައިކޯޓަށް އޭރު އައްޔަން ކުރި ފަނޑިޔާރުންނަކީ އެންމެ ކޮރަޕްޓް މީހުންނަށް ކަމަށް ބުނި މައްސަލައެވެ.
ހިޔާލު