Sarfarosh ge Dhevana Baigai Amir Khan ge Badhalugai Fenigendhaani John Abraham
image
ޖޯން އަބްރަހަމް--
0 ކޮމެންޓް
 

"ސަރްފަރޯޝް" ގެ ދެވަނަ ބައިގައި އާމިރު ހާންގެ ބަދަލުގައި ޖޯން އަބްރަހަމް

ކުރީގެ ފިލްމެއް ކަމަށްވާ "ސަރްފަރޯޝް" ގެ ދެވަނަ ބައިގައި އާމިރު ހާންގެ ބަދަލުގައި ޖޯން އަބްރަހަމް އެފިލްމުގައި މަސައްކަތް ކުރުމަށް ނިންމައިފިއެވެ.
"ސަރްފަރޯޝް" އަކީ 1999 ގައި ނެރުނު ފިލްމެކެވެ. ބޮޑު ކާމިޔާބެއް ލިބުން އެފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ އާމިރް ހާނާއި ސޮނާލީ ބެންދުރޭއެވެ. ފިލްމުގެ ދެވަނަ ބައެއް ހަދަން މިހާރު ނިންމާފައިވާއިރު އެފިލްމުގެ ދެވަނަ ބައިގައި އާމިރު ހާންގެ ބަދަލުގައި ފެނިގެންދާނީ ޖޯން އަބްރަހަމެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ޖޯން އަބްރަހަމާއި "ސަރްފަރޯޝް"ގެ ޑައިރެކްޓަރު ޖޯން މެތްހޫ މާޓަން ވަނީ އެފިލްމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ނަމަވެސް އެފިލްމަަށް އޭނާ އަދި ސޮއެ ކޮށްފައި ނުވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެފިލްމުގައި ޖޯން ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. ފިލްމުގެ ސްކްރިޕްޓުގައި މިހާރު ޑައިރެކްޓަރު މަސައްކަތް ކުރަމުންދާއިރު އެޓިމުން ދަނީ ޕްރޮޑަކްޝަން ހައުސްއެއް ހޯދަމުންނެވެ.


ހިޔާލު