Afghanistan ge Riyaasee Inthihaab April Mahu
image
އަފްގާނިސްތާނުގައި ބޭއްވި އިންތިހާބެއްގެ ތެރެއިން
0 ކޮމެންޓް
 

އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބު އެޕްރީލް މަހު

އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އެޕްރީލް މަހުގެ 20 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އޭގެ ކުރިން ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އަފްގާނިސްތާނުގެ ސަރުކާރުން ބުނެއެވެ.

އަފްގާނިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މިއަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެގައުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އޮންނާނެއެވެ. އިންތިހާބުތަކުގެ މެދުގައި އެހާ ކުޑަ ދުވަސްކޮޅެއް އޮތުމުން ސަލާމަތީ ކަންކަމާޢި އިންތިހާބުތައް ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ދަތިތަކާއި ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް އަފްގާނިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިއީ އަފްގާނިސްތާނުގައި ތާލިބާނުން ހަރަކާތްތެރިވާން ފެށިފަހުން ބާއްވާ ހަތަރުވަނަ ރިޔާސީ އިންތިހާބެވެ. އެގައުމުގައި 400 އަށްވުރެ ގިނަ ޑިސްޓްރިކްޓް ހިމެނޭއިރު 14 އިންސައްތަ ކޮންޓްރޯލް ކުރަނީ ތާލިބާނުންނެވެ.

އަފްގާނިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ރިޔާސީ އިންތިހާބުގައި 15 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލާނެއެވެ.
އަފްގާނިސްތާން
ހިޔާލު