Rilwan Mahsalaga Himeney 2 Meehunge Machah Kuhsaabithu Nuvaa Kamah Hukumkohfi
image
0 ކޮމެންޓް
 

ރިލްވާން މައްސަލައިގައި ހިމެނޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އާލިފް ރައޫފާއި މުހައްމަދު ނޫރައްދީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. Dhiraagu
ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ރިލްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރަންދީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެ ދެ މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ މިއަދު ހުކުމްކޮށްފައެވެ.

އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން މުހިންމު ބައެއް ކަންކަން ފުރިހަމަކޮށްފައި ނުވާ ކަން ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރިލްވާން އެރުވި ކަމަށް ބުނާ ރަތް ކުލައިގެ ކާރު އޮތީ އެހެން ތަނެއްގައި ކަން ސާބިތުވެދާނެ ސީސީޓީވީ ފުޓޭޖު ނަގަން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް އެ ފުޓޭޖް ނަގާފައިނުވާކަން ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

ހުޅުމާލެއިން ރިލްވާން ވަގަށް ނެގި ކަމަށް ބުނާ ހާދިސާ ހިނގި ސަރަހައްދުން ވަޅިއެއް ފެނުނު ކަމަށް ހެކިވެރީން ބުނާއިރު އެ ވަޅީގެ ފޮރެންސިކް އެނަލިސިސް ފުލުހުން ހަދާފައިނުވާ ކަން ވަނީ ފާހަގަކޮށްފައެވެ.
ހިޔާލު