Taapsee Eyna ge Ufandhuvahu Neruni Amilla App eh
image
ތާޕްސީ ޕަންނޫ--
0 ކޮމެންޓް
 

ތާފްސީ އޭނާގެ އުފަންދުވަހު ނެރުނީ އަމިއްލަ އެޕެއް

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ތާޕްސީ ޕަންނޫ އޭނާގެ އުފަންދުވަހު އޭނާގެ އަމިއްލަ އެޕެއް ނެރެފިއެވެ.
ތާޕްސީ އަކީ މިހާރު ބޮލީވުޑްގައި ފާހަގަކޮށްލެވޭ ތަރިއެވެ. ގިނަ ފިލްމުތަކެއް ތާޕްސީ މިހާރު ކުޅެފައިވާއިރު އޭނާ ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފައެވެ. ތާޕްސީއަށް އިއްޔެ ވަނީ 31 އަހަރު ފުރިފައެވެ.

އެއެޕުން ތާޕްސީގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި ފިލްމުގެ ސެޓުގައި އޭނާ މަސައްކަތް ކުރާ ޕޮޓޯތަކާއި ދަތުރު ކުރާއިރުގެ ފޮޓޯތަކާއި އޭނާ ލޯބިވާ ކަންތައްތަކާއި އެހެނިހެން އޭނާއާ ގުޅުން ހުރި އެއްޗެހި ފެނިގެންދާނެއެވެ.

އެއެޕާ ބެހޭގޮތުން ވާހަކަ ދައްކަމުން ތާޕްސީ ބުނީ އެއެޕުގެ ސަބަބުން އޭނާއާއި އެހެންމީހުންގެ ގުޅުން ބަދަހި ވެގެންދާނެކަމަށާއި އެހިޔާލު އޭނާ އަށް ދިނީ އެސްކޭޕްސް އިންކަމަށް ތާޕްސީ ވަނީ ބުނެފައެވެ.

ތާޕްސީ ދެން ފެނިގެންދާނީ ސުޖޯއީ ގޯޝް ޑައިރެކްޓު ކުރާ "ބަދްލާ" އިންނެވެ. އެފިލްމުގައި އޭނާ އާކު އަމީތާބު ވެސް ފެނިގެންދާނެއެވެ.
ތާޕްސީ ޕަންނޫ
ހިޔާލު