Hukumun yageen kohdhenee rilwan gelluvalumugai sarukaaruge atheh vaakan: Mahloof
image
ރިލްވާން އޭނާގެ މަންމަ އާއި އެކު
4 ކޮމެންޓް
 

ހުކުމުން ޔަގީންކޮށްދެނީ ރިލްވާނު ގެއްލުވާލުމުގައި ސަރުކާރުގެ އަތެއް ވާކަން: މަހްލޫފް

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުން ޔަގީންކޮށްދެނީ ރިލްވާނު ގެއްލުވާލުމުގައި ސަރުކާރުގެ އަތެއް ވާކަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. dhi2
މަހްލޫފް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަވީ މައްސަލަ އޮއްބާލުމަށް މައްސަލައިގެ މުހިއްމު ބައިތަކެއް ފުލުހުން ތަހުގީގުކޮށްފައި ނުވާކަމީ މިމަކުގައި ސަރުކާރުގެ އަތެއް ވާކަން ޔަގީންކޮށްދޭ ކަމެއް ކަމުގައެވެ.
ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ރިލްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރަންދީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެ ދެ މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ މިއަދު ހުކުމްކޮށްފައެވެ.

އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން މުހިންމު ބައެއް ކަންކަން ފުރިހަމަކޮށްފައި ނުވާ ކަން ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރިލްވާން އެރުވި ކަމަށް ބުނާ ރަތް ކުލައިގެ ކާރު އޮތީ އެހެން ތަނެއްގައި ކަން ސާބިތުވެދާނެ ސީސީޓީވީ ފުޓޭޖު ނަގަން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް އެ ފުޓޭޖް ނަގާފައިނުވާކަން ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

ހުޅުމާލެއިން ރިލްވާން ވަގަށް ނެގި ކަމަށް ބުނާ ހާދިސާ ހިނގި ސަރަހައްދުން ވަޅިއެއް ފެނުނު ކަމަށް ހެކިވެރީން ބުނާއިރު އެ ވަޅީގެ ފޮރެންސިކް އެނަލިސިސް ފުލުހުން ހަދާފައިނުވާ ކަން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލާގައި އާލިފްއާއި ނޫރައްދީންގެ އިތުރުން ސ ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށްވެސް ދައުވާ އުފުލާފައި ވެއެވެ. ނަމަވެސް ދައުލަތުން ފަހުން ބުނެފައުވަނީ ސުމައިދު ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައެއްގައި ބައިވެތިވެ މަރުވެފައިވާކަމަށް ބެލެވޭ ކަމުގައެވެ. އެހެން ކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ސުމައުދުގެ ބައި ނުހިމަނަ އެވެ.
ހިޔާލު

މުގާބޭ

ވަގުތުން ދޯ ތެދު ޚަބަރު ފަތުރަނީ؟

ލިޕޭ

މަހުލޫފުތަ މައްސަލަބަލަނީ

ޝާކިރު

މަހުލޫފް ތިމައްސަލަ ބެއްލެވިނަމަ ރިޟްވާން ފެނުނީހޭތަ؟ އެހެންވީމަ ހަމަ މަހްލޫފްގެ އަތެއްވާކަމަށް އަޅުގަނޑު ހުކުންކުރަން ، އުއްތަމަ ފަޑިޔާރު މަހުލޫފް

މަންލޫނު

ވއެފްޕީ ދޮގު ހަބަރު ފަތުރާ ޗެނަލް އެއް. ކީއްވެގެންބާ ރިލްވާނުގެ އާއިލާއިން ދައުލަތައް ހުށަ ނޭޅި. އެހެންވިއްޔާ މަހުލޫފުއަށް ރިލްވާނު ވީތަންއެގޭނެ.