Alison Liverpool Ge No. 1 Jersey Beynumeh Nuvi
image
ކީޕަރ އެލިސަން ފޮޓޯ:---
0 ކޮމެންޓް
 

އެލިސަން ލިވަޕޫލުގެ އެއް ނަންބަރު ޖާޒީ ބޭނުމެއް ނުވި

ދާދިފަހުން ރެކޯޑު ޓްރާންސްފާއެއްގައި ލިވަޕޫލްއާ ގުޅުނު ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރ، އެލިސަން އެކްލަބުގެ އެއް ނަމްބަރ ޖާޒީ ބޭނުން ނުކުރުމަށް ނިންމައިފި އެވެ.
ލިވަޕޫލުން ކުރިއަށް އޮތް ސީޒަނަށް ކުޅުންތެރިންގެ ޖާޒީ ނަމްބަރުތައް ހަމަޖެއްސުމުގައި އެލިސަންއަށް ކްލަބުގެ އެއް ނަމްބަރ ޖާޒީ ހުށަހެޅި ކަމުގައި ވީނަމަވެސް އޭނާ ވަނީ އެފުރުސަތު ދޫކޮށްލާފައެވެ. އަދި އޭގެ ބަދަލުގައި އޭނާ ބޭނުން ކުރަން ނިންމާފައިވަނީ 13 ނަމްބަރ ޖާޒީ އެވެ. މިކަމާ ގުޅިގެން އެލިސަންގެ ފަރާތުން ރަސްމީ ބަހެއް ލިބިފައިނުވި ކަމުގައި ވީނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެލިސަން އެއް ނަމްބަރ ޖާޒީ ދޫކޮށްލީ މިދިޔަ ސީޒަނުގައި ލިވަޕޫލުގެ އެއް ނަމްބަރ ކީޕަރުގެ ގޮތުގައި ފެނިގެންދިޔަ ލޮރިސް ކާރިއަސްއަށް އިހުތިރާހު ކުރުމުގެ ގޮތުންނެވެ.

އެލިސަންގެ ޓްރާންސްފާއާއެކު ކާރިއަސް ކްލަބުގެ ދެވަނަ ޗޮއިސް ކީޕަރުގެ މަގާމަށް ވެއްޓިފައިވީ ނަމަވެސް އެލިސަންގެ މި ނިންމުމާއެކު ކުރިއަށް އޮތް ސީޒަނުގައި އެއް ނަމްބަރ ޖާޒީ ބޭނުން ކުރާނީ ކާރިއަސް އެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ލިވަޕޫލުގެ ކީޕަރ ކާރިއަސްގެ ފަރާތުން ވަނީ ބޮޑެތި ގޯސްތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގައި ފައިނަލް މެޗުގައި އޭނާގެ ގޯހަކުން ރިއާލް މެޑްރިޑުން ވަނީ ދެ ލަނޑު ޖަހާފައެވެ. މިއާއެކު ގިނަ ބަޔެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވަމުންދާއިރު ލިވަޕޫލުގެ ކޯޗު އާޔަން ކްލަޕްގެ އިތުބާރު ވެސް އޭނާއަށް ވަނީ ގެއްލިފައެވެ.

ހިޔާލު