Fuppaameyge Cancer Jehifaiva Majeedhu Ehee Akah Edhi Edhi
image
ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ މަޖީދު އެހީއަކަށް އެދި އެދި--
7 ކޮމެންޓް
 

ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ މަޖީދު އެހީއަކަށް އެދިއެދި

ތ. ތިމަރަފުއްޓަށް އުފަން އުމުރުން 59 އަހަރުގެ އަބްދުލް މަޖީދު މާހިރަކީ އުފާވެރި ދުވަސްތަކެއް ވޭތުކުރަމުން އައި މީހެކެވެ. އެހެންނަމަވެސް އޭނާ އާއި އޭނާގެ މުޅި އާއިލާ ދިރިއުޅެމުން އައި އުފާވެރި ދިރިއުޅުން ބަނަވެ ހަޔާތަށް އުދާސްކަން ގެނުވީ މީގެ އަހަރެއްހާ ދުވަސްކުރިން މާޖިދަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ.
ހަތް ކުދިންގެ ބައްޕައެއްކަމަށްވާ މާޖިދުގެ ބަލި ހާލަތާއި ގުޅޭގޮތުން ވީއެފްޕީއާ ވާހަކަ ދައްކަމުން އޭނާގެ އެންމެ ދޮށީ އަންހެން ދަރިފުޅު އައިމިނަތު ނަސްވާ ބުނީ އެންމެ ފުރަތަމަ އޭނާގެ ބައްޕަ މަސައްކަތްކުރަމުން އައި ހޮޓާ ތެރެއަށް އަނބުރައިގަނެގެން ވެއްޓުނީ ކަމަށެވެ. އަދި އެހިސާބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމުން ފުއްޕާމޭގައި އެއްޗެއް އިންކަމަށް ޑޮކްޓަރު ބުނިކަމަށެވެ.

"އެންމެ ފުރަތަމަ ބައްޕަ އަނބުރައިގަނެގެން ވެއްޓުނީ އޭރު ބައްޕަ މަސައްކަތް ކުރާ ހޮޓާ ތެރެއަށް. ދެން ޑޮކްޓަރަށް ދެއްކީމަ ބުނީ ފުއްޕާމޭގައި އެއްޗެއް ހެދިފައި އެބަ އިނޭ އަވަހަށް މާލެ ދާށޭ." ނަސްވާ އޭނާގެ ބައްޕަގެ ހާލަތާއި ގުޅޭގޮތުން ކިޔައިދިނެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ފުއްޕާމޭގެ ކެންސަރުގެ ޝިކާރައަކަށް މާޖިދުވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާއިރު އޭނާއަށް މިހާރު އަންނަނީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާ ވެސް ދެމުންނެވެ. އެގޮތުން އެފަރުވާތައް އޭނާއަށް ދެމުން އައިސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނާއި އިންޑީއާގެ ރީޖަނަލް ކެންސަރު ސެންޓަރުންނެވެ. އެހޮސްޕިޓަލުތަކަކީ އާސަންދަ ލިބޭ ހޮސްޕިޓަލުތަކެއް ނަމަވެސް ކެންސަރުގެ ފަރުވާއަށް ބޭނުންކުރާ ބޭހަށް އާސަންދަ ނުލިބޭކަމަށް މާޖިދުގެ ދަރިފުޅު ބުނެއެވެ.

"އެންމެ ފަހުން އިންޑިއާއަށް ގޮސް ބައްޕައަށް ރޭޑިއޭޝަން ފަރުވާގެ ފަސް ޑޮޒް ދިނީ މިދިޔަ މަހު. އާސަންދައިން ބަލިމީހާގެ ޓިކެޓާއި ބައެއް ހަރަދުތައް ކަވަރުކޮށްދޭ. އެކަމަކު ކެންސަރު ފަރުވާއަށް ބޭނުންކުރާ ބޭހަށް އާސަންދަ ނުލިބޭއިރު އެބޭސްތައް ވަރަށް އަގުބޮޑު." ނަސްވާ ބުނެއެވެ.

ހޮޓަލެއްގައި މަސައްކަތްކުރަމުން އައި މާޖިދު، ފުއްޕާމޭގެ ކެންސަރުގެ ޝިކާރައަކަށްވި ނަމަވެސް މާލީހާލަތު ތަން ނުދިނުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި މާޖިދަށް ފަރުވާ ހޯދުމަށް އެ އާއިލާއަށް ވަނީ ދަތިތަކަކާއި ކުރިމަތިވެފައެވެ. މާޖިދުގެ ފުރާނަ ސަލާމަތް ކުރުމަށް މިއަދު އެއާއިލާއިން ތިއެންމެ ފަރާތްތަކުގެ ދީލެތި އެހީއަކަށް އެދިއެދިތިބިއިރު މާޖިދަށް އެހީވުމަށް ތިއެންމެ ފަރާތްތަކުގެ ފަރާތުން ލިބޭ ކުޑަކުޑަ އެހީއަކީ ވެސް އެއާއިލާއަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.

އަބްދުލް މަޖީދު މާހިރަށް އެހީވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ.

އަބްދުލް މަޖީދު މާހިރަށް އެހީވުމަށް
ނަމްބަރު: 9968215 (އައިމިނަތު ނަސްވާ/ ދޮށީ ދަރި)
އެކައުންޓް ނަމްބަރު: 7730000133664 (ނަސްވާގެ ދަރި އަލީ ފަރުހާންގެ އެކައުންޓް ނަމްބަރު)

ނޯޓް: ވީއެފްޕީ އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
ހިޔާލު

އާއިލާ މެންބަރެއް

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعو

ބޭބެ މިއަދު ނިޔާވެއްޖެ...

އާއިލާ މެންބަރެއް

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعو

ބޭބެ މިއަދު ނިޔާވެއްޖެ...

އަމީން

ޅޭއް ތައް ކާކު ދިން ދެރައެއް.

ކެޔޮޅު

ބްރިޛް މަތީ ކައިވެނި ކުރީމަ ހުންނާނީ ރަނގަޅަށް ! މި ފަދަ މީހުންނަށް އަޅާލާނަމަދޯ!

މިސްކީނުމީހާ

މިފަދަ މީހުންނަށް ސަރުކާރުން އެހީތެރިވާެންޖެހޭ. ބޭސްފަރުވާއަށް އެއްކޮށް ސަރުކާރުން ހަރަދުކުރަންޖެހޭނެ

މިސްކީނުމީހާ

މިފަދަ މީހުންނަށް ސަރުކާރުން އެހީތެރިވާެންޖެހޭ. ބޭސްފަރުވާއަށް އެއްކޮށް ސަރުކާރުން ހަރަދުކުރަންޖެހޭނެ

ޔަހުޔާގެޟަމީރު

ހުސްނުވާ އާސަންދައިގެ ފެންވަރަކީ ކެންސަރުފަދަ ނާޒުކު ބަލިމީހަކަސް ރާއްޖެއިން ލިބޭ އިންޖެކްޝަނެއް ޖަހާލަ ނުދެވޭ އެހެންނޫންވާނީ ސްކީމަށް އެންމެ ރުފިޔާއަށްވެސް އިތުރުނުކޮށް ހުސްނުވާ އާސަންދައަށް ބަދަލްވީ އެކަމަކު ޖީއެސްތީ 6% އަށް އިތުރުވީ