Afghanistange Miskithehgai Bomb Eh Govvalai Ethah Bayaku Maraalaifi
image
އަފްގާނިސްތާންގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 25 މީހުން މަރާލައިފި--
0 ކޮމެންޓް
 

އަފްގާނިސްތާންގެ މިސްކިތެއްގައި ބޮމެއް އެތައް ބަޔަކު މަރާލައިފި

އަފްގާނިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމަށް ފަހު ބަޑީގެ ހަމަލާދީ 25 މީހުން މަރާލައިފިއެވެ.
އެހަމަލާގައި ބަޑި ހިފައިން މިސްކިތައް ބަޑި ހިފައިގެން ވަތް މީހުން ބަޑީގެ ހަމަލާތަކެއްދީ ގިނަ އަދަދެއްގެ މީހުން މަރާލުމަށް ފަހު ގޮއްވާލި ބޮމުގެ ސަބަބުން 25 މަރުވިއިރު 81 މީހުންނަށް ބޮޑެތި އަނިޔާ ތަކެއް ލިބިފައިވާކަމަށް ރިޕޯޓް ތަކުން ބުނެއެވެ.

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަލަމާ ދިން ވަގުތު މިސްކިތް ތެރޭގައި 100 އަށް ވުރެއް ގިނަ މީހުން ތިއްބެވެ. އަދި އެހަމަލާއަށް އެއްވެސް ހަނގުރާމަ މަތީ ޖަމިއްޔާއަކުން ޒިންމާ ނަގާފައި ނުވާކަމަށާއި ތާލިބާނުން އެހަމަލާއާއި ގުޅުމެއް ނެތް ކަމަށް ބުނެފައިވެއެވެ.

އަފްގާނިސްތާންގައި ޝިއާ މުސްލިމުންނަށް އަމާޒުކޮށްދޭ ހަމަލާތައް އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އަދި އެ ހަމަލާތަކުގެ ފަހަތުގައި އިސްލާމިކް ސްޓޭޓް އައީ ގުޅުން ހުރި ޖަމިއްޔާތަކުން ޒިންމާ ނަގާފައިވެއެވެ.

ޔޫނައިޓަޑް ނޭޝަންސް އިން ބުނާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި 1،692 މީހުން މަރާލައި 3،430 މީހުން ޒަހަމް ކޮށްލާފައިވާކަމަށެވެ. އަދި އެއީ 2009 ވަނަ އަހަރުގެ ރިކޯޑް އަދަދަށްވުރެއް މަތީ އަދަދެއް ކަމަށެވެސް ޔޫއެން އިން ބުނެއެވެ.
ހިޔާލު