Bhansali ge Kuriah oih Filmun Miss India 2014 Jhataleka Bollywoodah
image
ގަޓަލިކާ މަޅޯތްރާ--
0 ކޮމެންޓް
 

ބަންސާލީގެ ކުރިއަށް އޮތް ފިލުމުން ކުރީގެ މިސް އިންޑިއާ ޖަޓެލިކާ ބޮލީވުޑަށް

ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގެ ބަތަލާއަކަށް ޖަޓެލިކާ މަލްހޯތުރާ ހަމަޖައްސައިފިއެވެ.
ބޮލީވުޑްގެ ކުރީގެ ފަންނާނެއް ކަމަށްވާ ޕޫނަމްގެ ދަރި އަންމޯލް ތަކޭރިއާ ބޮލީވުޑަށް ނެރުމަށް ހަމަޖެހިފައިވާ "ޓިއުޒްޑޭސް އެންޑް ފްރައިޑޭސް"ގެ ބަތަލާއަކަށް ޖަޓެލިކާ ހަމަޖައްސާފައިވާއިރު މިއީ ޖަޓަލިކާ ވެސް ބޮލީވުޑަށް ތައާރަފުވާ ފިލުމެވެ.

ޖަޓެލިކާވަނީ 2014 މިސް އިންޑިއާ އިންޓަނޭޝަނަލް ކާމިޔާބުކޮށްފައެވެ. "ޓިއުޒްޑޭސް އެންޑް ފްރައިޑޭސް"ގެ ޓީމުން ވަނީ އެފިލްމުގައި އަންމޯލާއި ޖަޓެލިކާއަށް ކިޔާ ނަން ހާމަކޮށްފައެވެ. އެގޮތުން އަންމޯލް އަށް އެފިލްމުގައި ކިޔަނީ ވަރުންނެވެ. އަދި ޖަޓެލިކާއަށް ކިޔަނީ ސިއާ އެވެ. އެދެތަރިންގެ އިތުރުން އެފިލްމުގައި ރީމް ޝެއިހް އާއި އިބްރާހިމް ޗޯދުރީ ވެސް ފެނިގެންދާނެއެވެ.

ފިލްމުގެ ޝޫޓިން ލަންޑަނުގައި މިހާރު ފަށާފައިވާއިރު އެފިލްމަކީ ރޮމޭންޓިކް އަދި އެކްޝަން ފިލްމެކެވެ.
ހިޔާލު