ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ކުޅިވަރު
/
ދުނިޔެ
އައިއަމް ނޮޑާ (ވ) ނިއިއެސްޓާގެ ޕޮޓޯއެއް ކައިރީ ހުއްޓިލައިގެން ފޮޓޯ:---
4 އޯގަސްޓު 2018
0 ކޮމެންޓް
Tweet
އިނިއެސްޓާއަށް ނުކުޅެވުމުން ވިސެލްއިން ދެވަނަ "އިނިއެސްޓާއެއް" ހޯދައިފި
ޖަނާޕު ލީގު މެޗެއްގައި ވިސެލް ކޯބީއާ އަލަށް ގުޅުނު ބާސެލޯނާގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އަންދްރެސް އިނިއެސްޓާއަށް ނުކުޅެވުމާ ގުޅިގެން ސަޕޯޓަރުންނަށް ދައްކާލުމަށް އެކްލަބުން "ދެވަނަ އިނިއެސްޓާއެއް" ހޯދައިފި އެވެ.
ބާސެލޯނާގައި ކެރިޔަރުގެ ބޮޑު ބައެއް ހޭދަ ކުރުމަށްފަހު ޖަޕާނުގެ ކޯބީއާ ގުޅުނު އިނިއެސްޓާ މީގެ ކުރިން މި މެޗުގައި ކުޅެން ހަޖެހިފައިވީ ނަމަވެސް މެޗަށް އޭނާ ޓީމުގައި ނުހިމެނުނީ އޭނާ އާއިލާ ބަލާ ކަމަށް ބުނެ އެނބުރި ސްޕެއިންއަށް ދިއުމާ ގުޅިގެންނެވެ.
ކްލަބާ އަލަށް ގުޅުނު އިނިއެސްޓާގެ ފުރަތަމަ މެޗު ބަލާލުމަށް ގިނަ ބަޔަކު ވަނީ ޓިކެޓު ނަގާފައެވެ. އެގޮތުން މި މެޗުގެ 50،000 ޓިކެޓު ވިކިހުސްވެފައިވާއިރު މިއީ ވިސެލް ކޯބީގެ ތާރީހުގައި ވެސް އެޓީމުގެ މެޗަކަށް ދަނޑު ފުލްވި ފުރަތަމަ ހަފަރެވެ. މިހެންކަމުން ސަޕޯޓަރުން މާޔޫސްވެނުދިނުމަށް އެކްލަބުން ވަނީ އިނިއެސްޓާ ނެތްތަން ފޫބެއްދުމަށް އޭނާއާ ވައްތަރު އެހެން މީހަކު ނެރުމަށް ނިންމާފައެވެ.
އިނިއެސްޓާ މި މެޗުގައި ނުކުޅޭނެކަން ވިސެލް ކޯބީގެ ޑިރެކްޓަރ އީއެސްޕީއެންއަށް ކަށަވަރު ކޮށްދީފައިވާއިރު މި މެޗުގައި އިނިއެސްޓާއާގެ ގޮތުގައި ފެނިގެންދާނީ އޭނާއާ ވައްތަރު މީހެއް ކަމަށްވާ އައިއަމް ނޮޑާ އެވެ. ނޮޑާ އިނިއެސްޓާގެ ޖާޒީގައި ނަގާފައިވާ ފޮޓޯތަކެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މިއީ މިހާތަނަށް ކްލަބަކުން ކުޅުންތެރިއަކަށް މެޗެއް ނުކުޅެވުމާ ގުޅިގެން ސަޕޯޓަރުންނަށް އޭނާއާ ވައްތަރު އެހެން މީހަކު ނެރޭ ފުރަތަމަ ފަހަރެވެ.
ގުޅުންހުރި
ޖަޕާން
ކުޅިވަރު
ފުޓްބޯޅަ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ސިހުރު ހަދަން ގެންގުޅުނު ފޮތްތަކެއް ފުލުހުން ހޯދައިފި
2 ގަޑިއިރު ކުރިން
ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު ފުލުހެއްގެ މައްސަލަ ބަލަނީ
3 ގަޑިއިރު ކުރިން
ފިއްލަދޫ ސިއްހީ މަރުކަޒުގެ އިހުމާލުން ބަލި މީހެއްގެ ފަރުވާ ލަސްވަނީ!
4 ގަޑިއިރު ކުރިން
ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަަނީ!
4 ގަޑިއިރު ކުރިން
ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފި
5 ގަޑިއިރު ކުރިން