Juventus Aa Real Madrid Bahdhalu Kuraa Match Mirey, Ronaldo Fenaanetha?
image
0 ކޮމެންޓް
 

ޔުވެންޓަސް އާއި ރިއާލް ބައްދަލު ކުރާ މެޗު މިރޭ، ރޮނާލްޑޯ ފެންނާނެތަ؟

ރިއާލް މެޑްރިޑާއި ޔުވެންޓަސް މިރޭ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ބައްދަލު ކުރާއިރު މި ޓްރާންސްފާ ބާޒާރުގެ އެންމެ ބޮޑު އެއް ޓްްރާންސާ އެއް ބަސްވުމުގައި ޔުވެންޓަސްއާ ގުޅުނު ރިއާލްގެ ތަރި މިރޭ އެޓީމާ ދެކޮޅަށް ނުކުންނާނެތޯ ސުވާލު އުފެދިއްޖެ އެވެ.
މިދިޔަ ވޯލްޑް ކަޕުގެ ރައުންޑް އޮފް 16 އިން ކެޓުމަަށްފަހު އަދި މިހާތަނަށް ރޮނާލްޑޯ ދަނޑުމަތިން ފެނިފައިނުވާއިރު މިރޭ ޔުވެންޓަސްއާ ރިއާލް މެޑްރިޑު ބައްދަލު ކުރޭ މެޗުގެ ކޮންމެ ވެސް ހިސާބަކުން ރޮނާލްޑޯ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ކުޅޭ މަންޒަރު ބަލާލުމުގެ އުއްމީދުގައި ތިބި ސަޕޯޓަރުންނަށް އޮތީ ހިތާމަވެރި ޙަބަރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗުއްޓީއަށްފަހު މީގެ ދުވަސްތަކެއް ކުރިން ފަރިތަކުރުންތައް ފެށި ރޮނާލްޑޯ އަދި މެޗު ފިޓުނުވުމާއެކު މި މެޗުގެ އެއްވެސް ހިސާބަކުން އޭނާ ފެނިގެންދާނެ ކަމަށް ނުބެލެވޭއިރު ޔުވެންޓަސްގެ ޖާޒީގައި އޭނާގެ ފުރަތަމަ މެޗަކަށް ވެގެންދާނެ ކަމަށް ބެލެވެނީ ޔުވެންޓަސްއާ ޗިއެވޯ އިޓަލީ ލީގުގެ ފެށުމުގެ ގޮތުން ބައްދަލު ކުރާ މެޗުގައެވެ.

ކްލަބުގައި ގިނަ ދުވަސްތަކަކަށްފަހު ރޮނާލްޑޯ ރިއާލް މެޑްރިޑު ދޫކޮށް އިޓަލީގެ ޔުވެންޓަސްއާ ގުޅުނީ 99 މިލިއަން ޕައުންޑުގެ ޓްރާންސްފާއެއް ގައެވެ. އެއްފަހު އަދި އޭނާ ޔުވެންޓަސްގެ ޖާޒީގައި މެޗެއް ކުޅެފައިނުވާއިރު އޭނާ އަންނަނީ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ޔުވެންޓަސްއާއެކު ކެރިޔަރުގައި އާ ކާމިޔާބީތަކެއް ހޯދުމުގެ އުއްމީދުގައި އާ ސީޒަނާ ރޮނާލްޑޯ ކުރިމަތިލާއިރު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގާއި، ޕްރިމިއާ ލީގައި ސްޕެނިޝް ލީގުގެ އިތުރުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އެތައް ފަހަރެއްގެ މަތިން ހޯދާފައެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މިރޭ ރިއާލް މެޑްރިޑާ ޔުވެންޓަސް ބައްދަލު ކުރާ މެޗު ފަށަނީ ރާއްޖެ ގަޑިން 3:05 ގައެވެ.
ހިޔާލު