Sarfarosh 2 Kulhumah John Abraham Huri Varah Ufavefa
image
ޖޯން އަބްރަހަމް--
0 ކޮމެންޓް
 

"ސަރްފަރޯޝް 2" ކުޅުމަށް ޖޯން އަބްރަހަމް ހުރީ ކެއްމަދުވެފައި

ކުރީގެ ފިލްމެއް ކަމަށްވާ "ސަރްފަރޯޝް" ގެ ދެވަނަ ބައިގައި ކުޅުމަށް ޖޯން އަބްރަހަމް ކެއްމަދުވެފައިކަމަށް އޭނާ ބުނެފި އެވެ.
"ސަރްފަރޯޝް"ގެ ދެވަނަ ބައެއް ހަދަން މިހާރު ނިންމާފައިވާއިރު އެފިލްމުގެ ދެވަނަ ބައިގައި އާމިރު ހާންގެ ބަދަލުގައި ފެނިގެންދާނީ ޖޯން އަބްރަހަމްކަން ކަށަވަރުކޮށްދީފައިވާއިރު ޖޯން ހުރީ އެކަމާ ގުޅިގެން ވަރަށް އުފާވެފައެވެ.

ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޖޯން ބުނީ އޭނާ ހުރީ އެފިލްމާމެދު ވަރަށް ހިތް ހަމަޖެހި، އުފާވެފަކަމަށެވެ. އެގޮތުން އާމިރު ހާނަކީ އޭނާ ވަރަށް ލޯބިވާ މީހެއްކަމަށާއި އާމިރު ހާނުގެ ވަރަށް ބޮޑު ފޭނެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެފިލްމަކީ ވަރަށް ޗެލެންޖިން ފިލްމެއް ނަމަވެސް އެއީ ކުރިން ފިލްމާ ބަލާނަމަ މުޅިން އާ ކެރެކްޓަރެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

"ސަރްފަރޯޝް" އަކީ 1999 ގައި ނެރުނު ފިލްމެކެވެ. ބޮޑު ކާމިޔާބެއް ލިބުން އެފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ އާމިރް ހާނާއި ސޮނާލީ ބެންދުރޭއެވެ. "ސަރްފަރޯޝް 2" ގައި ޖޯން ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. އެފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖޯން އެންމެ އަވަހަށް ފެނިގެންދާނީ "ސަތްޔަމޭ ވިޖެލަތަ" އިންނެވެ. އެފިލްމު މިމަހު 15 ވަނަ ދުވަހު ވަނީ ނެރުމަށް ނިންމާފައެވެ.


ހިޔާލު