8 Vana Ah Youtube Medhuverikoh Enme Faisaa Hoadhanee 6 Aharuge Mikujjaa
image
ރަޔަން--
0 ކޮމެންޓް
 

އަށް ވަނައަށް ޔޫޓިއުބް މެދުވެރިކޮށް އެންމެ ފައިސާ ހޯދަނީ ހަ އަހަރުގެ މިކުއްޖާ

ބައެއް މީހުން އެމީހުން އަދާކުރާ ވަޒީފާއާ މެދު އެހާ ގަޔާއެއް ނުވެއެވެ. އަދި އަނެއް ބަޔަކު އެމީހުން ކުރާ މަސައްކަތަށް އެކަށޭނެ މުސާރައެއް ނުލިބޭތީ ވާޒީފާ އަދާކުރަންވެސް ފޫހިވެއެވެ. އެހެންނަމަވެސް އެހެން މީހުންނާއި ހިލާފަށް އުމުރުން އެންމެ ހަ އަހަރުގެ ރަޔަންއަށް މިކަންކަން ވަރަށް ތަފާތެވެ.
ރަޔަންއަކީ މިހާރު އިންޓަނެޓުގައި މަޝްހޫރު ފަރާތެކެވެ. އަހަރެއްގެ މައްޗަށް 11 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 169.6 މިލިއަން ރުފިޔާ) ރަޔަން ހޯދަނީ ޔޫޓިއުބްގައި ކުޅޭއެއްޗެހި ރިވިއުކޮށްގެނެވެ. "ރަޔަން ޓޯއީސް ރިވިއު" ގެ ނަމުގައި އަމިއްލަ ޔޫޓިއުބު ޗެނަލްއެއް ހަދައިގެން މަސައްކަތްކުރަމުން އަންނަ ރަޔަންގެ މިހާރު 10 މިލިއަނަށްވުރެ ގިނަ ސަބްސްކްރައިބަރުން އެބަ ތިއްބެވެ.

ހަބަރުތައް ބުނާގޮތުގައި ޓެކްސްއަށް ފައިސާ ދެއްކުމުގެ ކުރިން އޭނާއަށް 11 މިލިއަން ޑޮލަރު ލިބުމާއެކު އޭނާ ވެގެންގޮސްފައިވަނީ ޔޫޓިއުބް މެދުވެރިކޮށް އަށް ވަނަ އަށް އެންމެ ގިނަ ފައިސާ ލިބޭ ފަރާތަށެވެ.

އުމުރުން އެންމެ ހަތަރު އަހަރުގައި ރަޔަން ފުރަތަމަ ފަހަރަށް ވީޑިއޯ ތައްޔާރުކޮށް ޔޫޓިއުބު މެދުވެރިކޮށް ހިއްސާކުރިއިރު އޭރުއްސުރެ އޭނާ އަންނަނީ ބިލިއަނެއްހާ ވިއުސް ހޯދަމުންނެވެ. ރަޔަންގެ ޗެނަލް ހިޓްވީ އޭނާ ތައްޔާރުކުރި ވީޑިއޯއެއްކަމަށްވާ ޖައަންޓް އެގް ސަޕްރައިޒް ވީޑިއޯ ވައިރަލް ވުމާއެކުއެވެ. އެގޮތުން އެވީޑިއޯއަށް އެކަނިވެސް 800 މިލިއަން ވިއުސް ލިބިފައިވެއެވެ.

ވަރަށް ކުރާ ހިތުން ރަޔަން މަސައްކަތްކުރަމުން އަންނައިރު އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުންވެސް މިކަމަށް ވަރަށް ތަރުހީބު ލިބެއެވެ. އެގޮތުން ސައިންސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ރަޔަންގެ މަންމަ ވަނީ ރަޔަންގެ ޔޫޓިއުބު ޗެނަލްއަށް ލިބެމުން އައި ތަރުހީބާއެކު ވަޒީފާއިން ވަކިވެ ރަޔަންގެ ޔޫޓިއުބު ޗެނަލުގައި ފުލް ޓައިމްކޮށް ހަރަކާތްތެރިވާން ފަށާފައެވެ.
ހިޔާލު