Ronaldo Ge Furathama Match Hiley Live Kuranee
image
ކްރިސްޓިއާނޯ ރޮނާލްޑޯ ފޮޓޯ:---
0 ކޮމެންޓް
 

ރޮނާލްޑޯގެ ފުރަތަމަ މެޗު ހިލޭ ލައިވް ކުރަނީ

މި ޓްރާންސްފާ ބާޒާރުގައި ރިއާލް މެޑްރިޑު ދޫކޮށް އިޓަލީގެ ޔުވެންޓަސްއާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އެކްލަބަށް ކުޅޭ ފުރަތަމަ މެޗު ފޭސްބުކް މެދުވެރިކޮށް ހިލޭ ދުރަށް ދެއްކުމަށް ނިންމައިފި އެވެ.
ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީގައި ލީގު ފަށާ މެޗުގައި އިޓަލީގެ ޗީވޯއާ ބައްދަލު ކުރާ މެޗު ވަގުތުން ދުރަށް ދެއްކުމަށް ނިންމާފައިވަނީ އިލެވެސް ސްޕޯޓްސްގެ ފަރާތުންނެވެ. އިލެވެން ސްޕޯޓްސްއިން މި މެޗުގެ ހިލޭ ދެއްކުމަށް ނިންމާފައިވާއިރު ދާދިފަހުން ލަލީގާ އަދި އިޓަލީ ލީގުގެ މެޗުތައް ދެއްކުމުގެ ހުއްދަ ދީފައިވާ އިލެވެންއިން ބުނާ ގޮތުގައި އިލެވެން ސްޕޯޓްސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހަފްތާއަކު މަދުވެގެން އެއް ލައިވް މެޗު ހިލޭ ބަލާލެވޭނެ އެވެ.

ޔުވެންޓަސްއާއެކު މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި މިހާތަނަށް އެ ކްލަބަށް މެޗެއް ކުޅެދީފައިނުވާޢިރު ގިނަ ބަޔަކު ތިބީ ޕްރީ ސީޒަނުގައި ރިއާލް މެޑްރިޑާއި ޔުވެންޓަސް ބައްދަލު ކުރާ މެޗުގައި ރޮނާލްޑޯ ފެންނާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ރޮނާޅްޑޯ މި މެޗުގެ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ރިއާލް މެޑްރިޑު ދޫކޮށް ޔުވެންޓަސްއާ ގުޅުނީ 99 މިލިއަންއާ ގާތް ކުރާ އަގެއްގެ ޓްރާންސްފާއެއްގައެވެ. އޭނާ ރިއާލް ދޫކޮށްލުމާއެކު އެކްލަބުން އޭނާ ނެތްތަން ފޭބެއްދުމަށް ކުޅުންތެރިއަކު ހޯދުމަންދާއިރު ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯގެ ބަދަލުގައި ރިއާލްގެ ފޯވާޑް ލައިނުން ދެން ފެނިގެންދާނީ ޗެލްސީގެ އެޑެން ހަޒާޑެވެ.
ހިޔާލު