114 dharivarun baiverivi noonu atoll Quran mubaaraiyy nimijje
image
114 ދަރިވަރުން ބައިވެރިވި ނ އަތޮޅު ޤުރުޢާން މުބަރާތް ނިމިއްޖެ
1 ކޮމެންޓް
 

114 ދަރިވަރުން ބައިވެރިވި ނ އަތޮޅު ޤުރުޢާން މުބާރާތް ނިމިއްޖެ

އަށް އުމުރު ފުރައަކުން 114 ދަރިވަރުން ބައިވެރިވި ނ އަތޮޅު ޤުރުޢާން މުބާރާތް ނިމިއްޖެއެވެ. މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހާއި ހަމައާށް ކުރިއަށް ދިޔަ މި މުބާރާތުގައި ނ އަތޮޅުގެ ނުވަ ރަށަކުން ބައިވެރި ވެފައި ވެއެވެ.
ނ އަތޮޅު ކައުންސިލުންބުނީ މި މުބާރާތަކީ ނ އަތޮޅުގެ ރައްޔަތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނާއި ހުނަރު އާލާކޮށްދިރުވުމާއި ޤައުމީ އަދި ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކުރެވޭފަދަ ދަރިވަރުން އުފެއްދުމުގެ މަޤުޞަދުގައި ނ އަތޮޅުގެ ހުރިހާ ސްކޫލްތަކަށާއި ޤުރުއާންކްލާސްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެއް ކަމުގައެވެ.

މިމުބާރާތުގެ ހާއްޞަ މެހްމާނުންގެ ގޮތުގައި ދިވެހިރާއްޖޭގެ އެންމެއަލިގަދަތަރި ޖޫނިއަރގެ ފަޚުރުވެރި 1 ވަނަ 2 ވަނަ ހޯދާފައިވާ ނ އަތޮޅުގެ ދެ ދަރިންކަމުގައިވާ ނ މާފަރު، އަލްހާފިޡު ނާދިޙް ޢަބުދުލް ހަމީދު އާއި ނ ހޮޅުދޫ މުޙައްމަދު ޝާޢީ މުބާރިކް ބައިވެރިވެފައިވާކަމަށްވެސް ނ އަތޮޅު ކައުންސިލުން ބުނެއެވެ.އެދެދަރިވަރުން އަތޮޅަށް ރީތިނަން ހޯދައިދީފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ނ އަތޮޅު ކައުންސިލުން ވަނީ ހަނދާނީ އަށްޑަނައެއްއަރުވާފައެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ލޯއެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއަރ ލެކްޗަރަރ ޑރ މުޙައްމަދު އިޔާޒް އަބްދުއްލަތީފްއެވެ.

ނ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތުގެ ބަލައިގެން ކިޔެމުގެ ގޮފީގެ 1 ވަނައަށް ގޮސްފައިވަނީ ނ ހޮޅުދޫ ފާތިމަތު ރަހާ ޒުހުރީ އެވެ. 2 ވަނަ އަށް ގޮސްފައިވަނީ ނ ހޮޅުދޫ އާމިނަތު ޝިބާ އަހުމަދެވެ. އަދި 3 ވަނަ އަށް ގޮސްފައިވަނީ ނ މަނަދޫ ފާތިމަތު ލުބާނާ ޢަބުދުއްރަހުމާނެވެ.

މުބާރާތުގެ ނުބަލާ ކިޔެމުގެ ގޮފީގެ 1 ވަނައަށް ގޮސްފައިވަނީ ނ ހޮޅުދޫ ސައިމް ބިންތު އައްބާސް އެވެ. 2 ވަނަ ގޮސްފައިވަނީ ނ މާފަރު ލަމްސާ މުޙައްމަދެވެ. އަދި 3 ވަނަ އަށް ގޮސްފައިވަނީ ނ ހޮޅުދޫ މުހައްމަދު ޒީކް ސިރާޖެވެ.

މުބާރާތުގެ 1 ވަނަ ރަށަކަށް ހޮވިފައިވަނީ ނ ހޮޅުދޫއެވެ. 2 ވަނަރަށަކަށް ނ.މާފަރު ގޮސްފައިވާއިރު 3 ވަނަރަށަކަށް ހޮވިފައިވަނީ ނ ހެނބަދޫއެވެ.

މީގެ އިތުރުން މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވުނު ރަށްރަށަށް އެވޯރޑް ދެއްވާފައި ވެއެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފީގެ 1 ވަނަ އަށް އަސްކޮއި އިންވެސްޓްމަންޓްގެ ފަރާތުން އުމުރާ ދަތުރެއް އަދި ނުބަލާކިޔެވުމުގެ ގޮފީގެ 1 ވަނައަށް ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ ފަރާތުން އުމުރާދަތުރެއް ދީފައިވާކަމަށްވެސް ނ އަތޮޅު ކައުންސިލުން ބުނެއެވެ.

ނ އަތޮޅު
ހިޔާލު

ައަހަންމާ

ވަރަށް ވެސް ފުރިހަމަ ޤުރުއާން މުބާރާތެއް. ޝުކުރިއްޔާ ނ.އަތޮޅު ކައުންސިލަރުން.