Boby ge maruge mahsalagai himeney kujjeh merumah thaa'eedhu kohdhinumah edhijje
image
ބޮބީ
0 ކޮމެންޓް
 

ބޮބީގެ މަރުގެ މައްސަލާގައި ހިމެނޭ ކުއްޖެއް މެރުމަށް ތާއީދު ކޮށްދިނުމަށް އެދިއްޖެ

ގ ވޭރު، އަބްދުލް މުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި ޖުވެނައިލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ މަރުގެ ހުކުމަށް ތާއީދު ކޮށްދިނުމަށް ދައުލަތުން ސްޕްރީމް ކޯޓްގައި އެދިއްޖެއެވެ.
ދައުލަތުން މިގޮތަށް އެދުނީ މި ދެކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މިއަދުގެ އަޑު އެހުމުގައެވެ.

މުހީތުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ 18 އަހަރު ނުވާ ކުޑަ ތިން ކުދިންނާ، ތިން މީހެއްގެ މައްޗަށެވެ.

ކުޑަކުދިންގެ މައްސަލަތައް ޖުވެނައިލް ކޯޓުގައި ސިއްރުން ކުރިއަށް ގެންގޮސްފައިވާއިރު، ކުށް ސާބިތުނުވާތީ އެއް ކުއްޖަކު ވަނީ ދޫކޮށްލާފައެވެ.

މުހީތު މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ރޭ 1:55 ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ކޮޅުބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއެއްގައެވެ.

މުހީތުގެ ހަށިގަނޑުގެ ނުވަ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އޭނާ މަރުވެފައިވަނީ ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުން ފަރުވާ ދެމުން ދަނިކޮށް އެރޭ ފަތިހު 4:40 ހާއިރުއެވެ.

މުހީތުގެ މަރުގެ މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.
ހިޔާލު