Inthihab gai vaadhakuran beynunva soi umaru hoadha vaifi
image
އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި އުމަރު ހޯއްދަވައިފި
0 ކޮމެންޓް
 

އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި އުމަރު ހޯއްދަވައިފި

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު، އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި ހަމަކުރައްވައިފިއެވެ.
އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ނަމަ ގާނޫނު ބުނާގޮތުން މަދުވެގެން 1500 މީހުންގެ ތާއީދު ހޯދަން ޖެހެއެވެ.

އުމަރު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް 2022 ސޮއި ލިބިފައިވާ ކަމަށާއި އިންތިހާބުގައި ވާދަ ކުރުމާއި ގުޅޭގޮތުން އަންނަ ހަފްތާގައި ގޮތެއް ނިންމަވާނެ ކަމުގައެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މިހާތަނަށް ފޯމް ހުށަހަޅުއްވާފައިވަނީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް އެކަންޏެވެ.
އުމަރު
ހިޔާލު