Congo Gai Anekka ves Ebola Fethuri 33 Meehun Maruvejje
image
ކޮންގޯގައި އެބޯލާ އަނެއްކާ ފެތުރި 33 މީހުން މަރުވެއްޖެ--
0 ކޮމެންޓް
 

ކޮންގޯގައި އަނެއްކާ ވެސް އެބޯލާ ފެތުރި 33 މީހުން މަރުވެއްޖެ

ކޮންގޯގައި އެބޯލާ ވައިރަސް ފެތުރި 33 މީހުން މަރުވެއްޖެ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން ބުނެފިއެވެ.
އެބޯލާ ކޮންގޯގައި ފެތުރެން ފަށާފައި މިވަނީ އެބޯލާ ނައްތާލެވުނު ކަމަށް ބުނެ ރިޕޯޓް ނެރުނުތާ ދެހަފްތާ ނުވަނީހެވެ. މަރުވި 33 މީހުންގެ ތެރެއިން ބަލިމީހުންނަށް ފަރުވާ ދިނުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރި ދެމީހުން ވެސް ހިމެނޭ ކަމަށް ޑަބްލިއު އެޗް އޯއިން ބުނެއެވެ. އަދި މިހާތަނަށް 43 މީހުންނަށް އެބަލި ޖެހި ފަރުވާ ދެމުންދާ ކަމަށާއި އެތަނުން 13 މީހުންގެ ޓެސްޓުތަކުން އެބޯލާ ވައިރަސް އަށް ޕޮސިޓިވް ވެފައިވާ ކަމަށް ވެސް ޑަބްލިއު އެޗް އޯ ބުނެއެވެ.

ގިނަ ހިސާބުތަކެއްގައި ބަލި ފެތުރޭ ކަމަށް ފާހަގަ ވެފައިވާއިރު އެތަނުން އެއް ސަރަހައްދަކީ ސިޔާސީ ގޮތުން ހަލަބޮލި، ހަމަނުޖެހުން ހިންގާ ހިސާބެއް ކަމަށް ވާތީ އަވަސް ގޮތަކަށް އެބަލި ފެތުރިދާނެ ކަމުގެ ބިރު އިތުރަށް ބޮޑު ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި އޭގެ އިތުރުން އެހިސާބުތަކުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން އެހިސާބަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބެލެވެއެވެ.

ކޮންގޯގައި އެބޯލާ ފެތުރޭކަމަށް ރަސްމީކޮށް އިއުލާން ކުރުމުން ޑަބްލިއު އެޗް އޯ އިން ވަނީ 2 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައެވެ. އަދި އެގައުމަށް މިހާރު އެބޯލާ ބަލިން ސަލާމަތް ވުމަށް ބޭނުންވާ ވެކްސިން ވެސް އެތެރެ ކުރަމުންދާ ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.
އެބޯލާ އެފްރިކާ
ހިޔާލު