Hithaadhoo Farah Dhoangneh Urihje
image
ފަރަށް އުރުނު ދޯނި--ފޮޓޯ އެމްއެންޑީއެފް
0 ކޮމެންޓް
 

ހިތާދޫ ފަރަށް ދޯންޏެއް އުރިއްޖެ

ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި ސަޕްލައި ދޯންޏެއް ބ. ހިތާދޫ ފަރަށް އުރިއްޖެއެވެ.
ދިގު މިނުގައި 98 ފޫޓު ހުންނަ "ޑީ ބުލޫ ކެރިއަރ" ހިތާދޫ ފަރަށް އުރުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:55 ހާއިރުއެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ކޯސްޓްގާޑް ލޯންޗެއްގައި ކޯސްޓްގާޑުުގެ ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާ ހިނގިއިރު އެ ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީން ތިބި ކަމަށާއި އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހިޔާލު