Rilwan ge Thahuqeeq Cabinet gai Nukurey: Raees Yameen
image
ރިލްވާން
4 ކޮމެންޓް
 

ރިލްވާންގެ ތަހުގީގު ކެބިނެޓްގައި ނުކުރޭ: ރައީސް ޔާމީން

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ކެބިނެޓް ފެންވަރުގައި މަސައްކަތް ކޮށްފައިނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރިލްވާން ގެއްލުނުތާ މާދަމާ ހަތަރު އަހަރު ފުރޭއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ވަކީލުން މެދުވެރިކޮށް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރިލްވާން ހޯދަން ކެބިނެޓު ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތަކެއް ރައީސް އަބްދުﷲ ޔާމީން ހުއްޓުވި ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ގދ. މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ ރިލްވާންގެ މައްސަލަ ކެބިނެޓް ފެންވަރުގައި ނުކުރާ ކަމަށެވެ.

"މިއަދު އަޅުގަނޑު ދެކެފިން އިނގޭތޯ ނޫހަކުން ކުރީގެ އަޅުގަނޑުގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ވާހަކައެއް. މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން. މިހާރު ވަނީ ނިޔާވެފައި، ޝައްކެއްވެސް ނެތް ވަރަށް ހިތާމަވެރި ކަމެއް. އޭނަގެ މަރުގެ މައްސަަލަ ކެބިނެޓް ފެންވަރުގައި ތިމަންނަމެން އެކަން ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ރައީސް ޔާމީން ހުއްޓުވާލީ. މި ތިއްބެވީ ކެބިނެޓްގައި ތިބި ވަޒީރުން އޭރުވެސް. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ މިކަހަލަ ބުހުތާން ދޮގު، ބޮޑެތި ހުކުމް އައިސަ ތިބި މުޖުރިމުން މިކަހަލަ ވާހަކަ ދެއްކީމަ އެވާހަކަތައް ނޫސްތަކުގައި ކެރީކުރީމަ އަޅުގަނޑު ހިތާމަ ކުރަން" ރައީސް ޔާމީން ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލަ ކެބިނެޓުން ބަލައިފައިނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރިލްވާންގެ މައްސަލައަކީ ފެށުނީންސުރެ ފުލުހުން ތަހުގީގު ކުރަމުންދާ ކަމެއް ކަމަށާއި މިހާރުވެސް އެކަން ތަހުގީގު ކުރަމުންދަނީ ފުލުހުން ކަމަށެވެ.

އަފްރާޝީމްގެ މަރުގެ މައްސަލަ އާއި ރިލްވާންގެ މަރުގެ މައްސަލަގެ އިތުރުން ދެންވެސް މަރުވެފައިވާ މީހުންގެ މަރުގެ މައްސަލަތައް ބެލެން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެ ފަދަ ކަންކަމަކީ ކެބިނެޓް ފެންވަރުގައި އެކަން ކުރާނީ ކިހިނެތް ތޯ ސުވާލު ކުރައްވާފައެވެ. އަދި ކެބިނެޓުން ކޮމިޓީއެއް ނަގައިގެންވެސް އެ ތަހުގީގުތައް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ކެބިނެޓުން ކޮމިޓީއެއް ނަގައިގެން ކުރި މަސައްކަތަކީ ރައީސް ޔާމީންގެ ލޯންޗް ގޮއްވާލަން ކުރި މަސައްކަތް. އަހުމަދު އަދީބު ކުރި މަސައްކަތް" ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަން ތަހުގީގު ކުރީ ކެބިނެޓް ހިމެނޭ ގޮތަށް ފުލުހުންނާއި ސިފައިންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ހިޔާލު

އެޅަބެއްޔާ

ބަލަ ލޯންޗް ގޮއްވާލަން ގޮވާ އެތި ހަދާދިން މީހާ ކުއްވެރި ނުވާ ކަމަށް ބުނެ ދޫކޮށްލާފަ ދެން ކޮންވައްތަރެއް ގެ ސުޕާރީ އެކޭ ތިވިދާޅުވަނީ ؟

ފިޔަވަޅު

ފުލުހުން ހާމަނުކުރާ މައުލޫމާތެއް ރައީސް ޔާމީނަށް އެނގިވަޑައިގެންނެވި ގޮތެއް ބަލަންޖެހޭ. އަދި އައު ތަޙުޤީގެއްކޮށް ފުލުހުން ރައީސް ޔާމީނާ ސުވާލުކުރަންޖެހޭ. މިއީ ސީރިއަސް މައްސަލައެއް. ފުލުހުންގެ އިދަަރާއަށް ހާޒިރުކުރަންޖެހޭ. މަހުލޫފުވެސް މިފަދަ މައްސަލައެއްގައި ފުލުހައް ހާޒިރުކޮށް ދައުވާކޮށް މިހާރު އެހުންނެވީ ބަންދުގައި. ހަމަހަމަކަމާއި އިންސާފު އޮންނަންޖެހޭ. ހިގާފައި ނުވާކަމެއް ހިނގިކަމުގެ ކުށުގެ ދައުވާގައި.

އަހަންމަދު

ކެބިނެޓުން ކޮމިޓީއެއް ނަގައިގެން ކުރި މަސައްކަތަކީ ރައީސް ޔާމީންގެ ލޯންޗް ގޮއްވާލަން ކުރި މަސައްކަތް. އަހުމަދު އަދީބު ކުރި މަސައްކަތް" ރައީސް ޔާމީން ވިދާޅުވިއެވެ.:"

މިކަން ކުރެވޭ ކެބިނެޓަށް ދޯ. މިކަން ކުރަން ކެބިނެޓްގަ ފެނަނވަރުވެސް އެބަހުރި ދޯ؟ ރިޟުވާން މައްސަލަ ބަލަން ކެބިނެޓް ކަމުނުދަނީ ....

ްްްގަރުބަޗޯ

ފަރުދީ ގޮތުން ވެސް ކުރެވޭ ކަމެއް ކުރޭވޭނެ ، ކެބިނެޓަށް ވެސް ކުރެވޭ ކަމެއް ކުރެވޭނެ، ހުއްޓުވާކަށް ނުޖެހޭނެ....