Kaadehdhoo Airport International Airport akah Badhalukuranee
image
ކާޑެއްދޫ އެއާޕޯޓު---
0 ކޮމެންޓް
 

ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަނީ

ގދ. ކާޑެއްދޫގައި އޮންނަ އެއާޕޯޓް، ކުރިއަށް ތިން އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ އެއާޕޯޓަކަށް ވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.
ހުވަދު އަތޮޅުގެ ބައެއް ރަށްރަަށަށް ރައީސް ޔާމީން މިއަދު ފެއްޓެވި ދަތުރުފުޅުގައި، ގދ. މަޑަވެއްޔަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ހެދުމަށް ރަންވޭ ބޮޑުކުރެވޭނެ ގޮތްތައް ބެލުމަށް ވަޒީރުންނަށް ދަންނަވާފައިވާ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ތަރައްގީ ކުރައްވަނީ އެ ސަރަހައްދުގައި ޓޫރިސްޓް އެނދުތައް ތަރައްގީ ކުރާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އަންނަ ރިޔާސީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ގއ. އަތޮޅާއި ގދ. އަތޮޅުގައި 10،000 އެނދު އުފައްދަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން 6000 އެނދު ގާއިމުކުރާނީ ގދ. އަތޮޅުގައި ކަމަށާއި ގއ. އަތޮޅުގައި 4000 އެނދު އުފައްދަވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ހިޔާލު