Raees Yameen ge Vaahakafulhugai Rilwan ge Maru Saabithu Kurehvee eh Noon: Tharujamaan
image
ރައީސް ޔާމީން--ފޮޓޯ ރައީސް އޮފީސް
4 ކޮމެންޓް
 

ރައީސް ޔާމީންގެ ވާހަކަފުޅުގައި ރިލްވާނުގެ މަރު ސާބިތު ކުރެއްވީއެއް ނޫން: ތަރުޖަމާނު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ނިޔާވެފައިވާ ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާއިރު އެއީ ރިލްވާންގެ މަރު ސާބިތު ކުރެއްވީ ނޫން ކަމުގައި ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ. leaward
ގދ. މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ "މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން. މިހާރު ވަނީ ނިޔާވެފައި، ޝައްކެއްވެސް ނެތް ވަރަށް ހިތާމަވެރި ކަމެއް." ކަމަށެވެ.

ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރިލްވާނަށް ވީގޮތެއް އެނގޭނީ ތަހުގީތުތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވާ ކަމަށެވެ.





"ރައީސް އެއްވެސް ހާލެއްގައި ރިލްވާން ގެ މަރު ސާބިތު ކުރެއްވީ އެއް ނޫން ކަން ތަކުރާރުކޮށް ދަންނަވަން" ތަރުޖަމާނު އިބްރާހިމް މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ގދ. މަޑަވެލީގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު އަމާޒު ކުރެއްވީ ކުރިގެ ނައބު ރައީސް އަހުމަދު އަދީބު، ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓާއި ގުޅުވައިގެން ހެދި "ބޮޑު ދޮގެއްގެ" މައްޗަށް ކަމަށް ތަރުޖަމާނު މުއާޒްގެ ޓްވީޓެއްގައި ވިދާޅުވިއެވެ.





ރައީސް ޔާމީންގެ ވާހަކަފުޅުގައި "މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން. މިހާރު ވަނީ ނިޔާވެފައި، ޝައްކެއްވެސް ނެތް ވަރަށް ހިތާމަވެރި ކަމެއް." ކަމަށް ވިދާޅުވެފައިވާއިރު، "ޝައްކެއް ނެތް" ކަމަށް ވިދާޅުވީ، ރިލްވާން އަށް ވީ ގޮތާމެދު އެންމެން ހިތާމަކުރާ ވާހަކައަށް ކަމަށް ތަރުޖަމާނު އިބްރާހިމް މުއާޒްގެ ޓްވީޓެއްގައި ވިދާޅުވިއެވެ.



ހިޔާލު

ަލި

ދިވެހި ބަސް ދަސްކޮށްދީ ތަރުޖަމާނަށް

ޞައްދާމު

ރައީސް އެކަން ރަނގަޅު ކޮށްލެއްވިނަމަ

އަޙުމަދު

ޔާމީނުގެ ތަރުޖަމާނުގެ ނަޒަރުން ޔާމީނު ދައްކާ ވާހަކައިގެ އަގު މަގުމަތީގަ ދޭދޭމީހުން ދައްކާ ވާހަކައާ އެއްފަދަ. އެހެންކަމަށްވަންޏާ އޭނަ ދައްކާ ވާހަކައަށް ބުރަވެ ވޯޓު ވެސް ދީގެން ނުވާނެ.

ސައްޕޭ

އަދި ވީގޮތް ކިޔާދެވޭނެ،