Iraadhakurehviyaa Rilwan Mareh Nuvaane, Hoadheyne: Raees Yameen
image
ރައީސް ޔާމީން --ފޮޓޯ ރައީސް އޮފީސް
6 ކޮމެންޓް
 

އިރާދަކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ، ހޯދޭނެ: ރައީސް ޔާމީން

އިރާދަކުރެއްވިއްޔާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރެއް ނުވާނެ ކަމަށާއި ރިލްވާން ހޯދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެވެ.
ގދ. ފަރެސްމާތޮޑާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ރިލްވާނާއި ގުޅޭ ގޮތުން ގދ، މަޑަވެލީގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކާއި ގުޅޭ ގޮތުން މައާފަށް އެދިވަޑައިގެންފައެވެ.

"ﷲ ގެ ރަހުމަތުން، އިރާދަކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ. އަޅުގަނޑުމެންނަށް އޭނަ ހޯދޭނެވެސްމެ" ރައީސް ޔާމީން ވިދާޅުވިއެވެ.

މަޑަވެލީގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރިލްވާން މަރުވި ތޯ ނޫންތޯ ނުނިންމާ ކަމަށެވެ.

"އަޅުގަނޑު މިއީކީ ޝަރުއީ ގޮތުން މީހަކު މަރުވިތޯ ނޫންތޯ ނިންމާ މީހާއެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.

ރިލްވާނާއި ގުޅޭ ގޮތުން މަޑަވެލީގައި ދެއްކެވި ވާހަކަައިގެ މުރާދަކީ ކުރީގެ ނައިބު ރައީސް އަދީބު އަހުމަދު އަދީބު ދައްކަވާ ވާހަކައަކީ އަސާސެއް ނެތް ވާހަކައެއް ކަން ހާމަ ކުރެއްވުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނޫސްވެރިޔާ ރިލްވާން ހޯދުމަށް ކެބިނެޓް ފެންވަރުގައި ކުރެވުނު މަސައްކަތްތަކަށް ރައީސް ޔާމީން ހުއްޓުވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާއިރު ރައީސް ޔާމީން ވިދާޅުވީ ރިލްވާން ހޯދުމަށް ކެބިނެޓްގައި ކުރެވުނު މަސައްކަތެއް ނޯންނާނެ ކަމަށެވެ.
ހިޔާލު

ރައްޔިތުން

ކޮބާ އަފްރާޝީމް، އައްޑޫގައި އޮތް މީޓިންއެއްގައި ޔާމީން ޚަތިމުގައި އަތްލާ ހުވައިކުރި އަފްރާޝީމްގެ މަރާއި އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތްކަމަށް ، މިކަމުގެ ޚަބަރެއްވެސް ނެތްތަ ރައްޔިތުންނަށްދޭނެ

ޝަޙީމް

އަނގައޮޅެނީ ކިހިނެއްވީބާ؟ މުސްކުޅިން ބުނާތީއިވޭ އެމީހަކު ބައިވެރިވުމެއްވާ ކަމެއްގައި އޮޅުވާލަން މަސައްކަތް ކުރުމުގައި ދެއްކޭނުދެއްކޭ ވާހަކައެއްނޭނގޭނޭ، ގަޑިއެއްހާއިރު ކުރިންބުނިގޮތާ ދިމާ އިދިކޮޅަށް އޭގެ ގަޑިއެއްހާއިރުފަހުން މިބުނަނީ ކޮބައިބާ ފޮރުވިފައިވާ ސިއްރަކީ. އިންސާފް ހޯދަދީ، މިޏުންދުވަހެއް ވާކަން ހަނދުމަކޮށް އަރުވަން

ދެންކީކޭ ބުނާނީ

ސާބަހޭ ވެރިޔާ.. ދެރަށުގައި ދެގޮތަށް، ދެގަޑީގާ ދެގޮތަށް، ދެދުވަހު ދެގޮތަށް.. މީވެރިންނަކީ އަދި ވެރިކަން ކުރަންޖެހޭ ގޮތަކީ.. މިަކަމަށް ހަމަ ތާޢިދު.

މަޜީ

ރައީސް ގެވާހަކަފުޅު އަޑުއިހަނީ އެއްކަންފަތުން ތަ. ރައީސް ގެ ވާހަކަފުޅުން މިނޫން ވާހަކައެއް ނީވުނު ދޯ.

ޝިޔާޒް/ ގދ މަޑަވެލީ

ނޫސްވެރިޔާ ރިލްވާން މަރުވެއްޖެނަމަ އެކަންކުރީ ސީދާ އަހުމަދު އަދީބް އެކަމުގައި އެއްވެސް ޝައްކެއް މިހާރަކު ނެތް. ރައީސް ޔާމީން ބޮލުގަ ކިތައްމެ ތުހުމަތެއް އެޅުވިޔަސް މިއަދު ދިވެހި ރައްޔިތުން ބޭނުން ނުވޭ ބުރޯ ކަލޭގެ ވާހަކަ އަޑު އަހާކަށް. ބުރޯ ކަލޭކަހަލަ ފުރޭތައެއް ނުން ރައީސް ޔާމީން އަކީ.

ރައްޔިތުން

ޔާމީން އަނގަ މުނި ކަވަނީ . ގޮސް ހެދިއްޖެ