Rilwan Maruvi Kamah Raees yamin Vidhaalhuvi Massala Thahugeeg Kuran Jehey: Ailaa
image
ރިލްވާންގެ މައްސަލާގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން---
2 ކޮމެންޓް
 

ރިލްވާން މަރުވި ކަމަށް ރައީސް ޔާމީން ވިދާޅުވި މައްސަލަ ތަހުގީގު ކުރަން ޖެހޭ: އާއިލާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުން ތަހުގީގު ކުރަން ޖެހޭ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފިއެވެ. muni
ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް މިއަދު ބުނީ ރިލްވާނަށްވީ ގޮތް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ސާފުކޮށް ނުދެވިގެން އުޅެނިކޮށް ރައީސް ޔާމީން އެގޮތަށް ވާހަކަ ދެއްކުމުން ސުވާލު އުފެދޭ ކަމަށެވެ. ރައީސް ޔާމީންގެ އެ ވާހަކަފުޅުތައް ތަހުގީގު ކުރަން ޖެހޭ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ޝެހެނާޒު ބުންޏެވެ.

ގދ.މަޑަވެލީގައި ރިލްވާން މަރުވެއްޖެ ކަމަށާއި ޝައްކެއް ނެތް ކަމަށް ވިދާޅުވުމަށްފަހު ރައީސް ޔާމީން ވަނީ ފަރެހަށް ވަޑައިގެން އެވާހަކަތަކަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި ﷲގެ އިރާދަފުޅުން ރިލްވާން ދިރިހުއްޓާ ހޯދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ އެވާހަކަތަކާއި ގުޅިގެން ޝެހެނާޒު ބުނީ ރިލްވާން މަރުވި ކަމަށް އެހާ ޔަގީންކަމާއެކު ވިދާޅުވުމަށްފަހު އެ ވާހަކަތައް މަތި އަޅަން އެހެން ގޮތަކަށް މާނަކޮށްގެން ދައްކަމުން ދިޔަ ނަމަވެސް އާއިލާއިން އެކަން ގަބޫލެއް ނުކުރާނެއެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. ނަމަވެސް އެކަކު ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އޭނާގެ ދައުވާ ކުރިއަށް ނުގެންދެވެއެވެ. އެ މައްސަލާގައި ދައުވާ ކުރަނީ ގ ހިލްޓަން، އާލިފް ރައޫފާއި ގދ ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. ބޭރަށް ގޮސްފައިވަނީ ސުއައިދުއެވެ.

އާލިފު ރައޫފާއި ނޫރައްދީންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް މިހާރުވަނީ ހުކުމްކޮށްފައެވެ.
ހިޔާލު

ޔަސް

ދީން ހަޅާކު ކުރާތީ ވާހާގޮތް

ހަބޭސް222

މިހާރު މިއޮތް މުއައްސަސާތަކަކަށް ނުކެރޭނެ ރައީސްޔާމުނުގެ އެއްވެސް މައްސަލައެއް ތަޙުޤީގު ކުރާކަށް، ތަޙުޤީގު ކަުރަން ވަރަށް ބައިވަރު މައްސަލަ އެބަހުރި ތަޙުޤީގު ކުރަން ޖެހިފައި ދެން އިރާދަ ކުރެއްވިއްޔާ މާގިނަދުވަހެއް ނެތް..!