Pogba Ah Barcelona Inn Kuri Bid Unitedun Gabooleh Nukuri
image
ހޯޒޭ މޮރީނިއޯ (ކ) އާއި ޕޯލް ޕޮގްބާ (ވ) ފޮޓޯ:---
0 ކޮމެންޓް
 

ޕޮގްބާއަށް ބާސެލޯނާއިން ކުރި ބިޑު ޔުނައިޓެޑުން ގަބޫލެއް ނުކުރި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ޕޯލް ޕޮގްބާ ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން މެންޗެސްޓާ ޔުނައިޓެޑަށް ހުށަހެޅި ހުށަހެޅުމަށް އެކްލަބުން ނޫނެކޭ ބުނެފި އެވެ. muni
ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ޕޮގްބާގެ އެޖެންޓް މިނޯ ރަޔޯލާ މެދުވެރިކޮށް، ޕޮގްބާގެ ޓްރާންސްއާ އަކަށް އެދި ބާސެލޯނާއިން މެންޗެސްޓާ ޔުނައިޓެޑަށް ހުށެހަޅުމަށް ހުށަޅާފައިވާޢިރު މި ހުށަހެޅުމުގެ ދަށުން ބާސެލޯނާއިން ވަނީ ޕޮގްބާގެ ބަދަލުގައި ބާސެލޯނާގެ ދެ ކުޅުންތެރިންގެ އިތުރުން 45 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީ އެއް ޔުނައިޓެޑަށް ދޭން އެއްބަސްވެފައެވެ. ބާސެލޯނާއިން ޕޮގްބާގެ ބަދަލުގައި ދޭން ހުށެހެޅި ދެ ކުޅުންތެރިންނަކީ އަންދްރޭ ގޯމްސް އަދި ޔެރީ މިނާ އެވެ.

މި ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑުން ބާސެލޯނާގެ ޑިފެންޑަރ ޔެރީ މިނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ކަމުގައި ވީނަމަވެސް ޕޮގްބާގެ ބަދަލުގައި އޭނާ ދިނުމަށް ބާސެލޯނާއިން ހުށަހެޅުމަށް ޔުނައިޓެޑުން ވަނީ ނޫނެކޭ ބުނެ އަނބުރާ ފޮނުވާލާފައެވެ. ޔުނައިޓެޑުން ބާސާގެ ބިޑަށް ނޫނުކޭ ބުނި މިފަހަރުގެ ޕްރީ ސީޒަން ފެށުމުގެ ކުރިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ އެކްލަބުން ޕޮގްބާ ވިއްކާނުލާނެ ކަމަށް ބުނެފައެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ތަރި ޕޮގްބާ ގަނައުމަށް ބާސެލޯނާއިން މަސައްކަތް ފެށީ މިދިޔަ ސީޒަނަށް ފަހު އެކްލަބު ދޫކޮށް ޖަޕާނު ލީގުގެ ވިސެލް ކޯބީއަށް ބަދަލުވި ތަޖުރިބާކާރު ކުޅުންތެރިޔާ އަންދްރެސް އިނިއެސްޓާ ނެތްތައް ފޫބެއްދުމުގެ ގޮތުންނެވެ. ބާސާއިން ޕޮގްބާ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންދާއިރު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕޮގްބާއާއި މޮރީނިއޯއާ ދެމެދު ވަނީ ކޮންމެ ވަރަކަށް ހިޔާލު ތަފާތުވުންތަކެއްް އުފެދިފައެވެ. އެހެންކަމުން އޭނާ ދަނީ ޔުނައިޓެޑު ދޫކޮށްލުމުގެ ވިސްނުލެއް ގެންގުޅެމުންނެވެ.
ހިޔާލު