Bhaiaji Superhit gai Preity Fenigendhaane Gothuge Photoeh Eyna Dhahkalaifi
image
ޕްރިތީ ޒިންޓާ--
0 ކޮމެންޓް
 

"ބައްޔާޖީ ސުޕާހިޓް" ގައި ޕްރިތީ ފެނިގެންދާނެގޮތުގެ ފޮޓޯއެއް އޭނާ ދައްކާލައިފި

އެކްޝަން ކޮމެޑީ ފިލްމު "ބައްޔާޖީ ސުޕާހިޓް" ގައި ޕްރިތީ ޒިންޓާ ފެނިގެންދާނެގޮތުގެ ފޮޓޯއެއް އޭނާ ދައްކާލައިފިއެވެ.
ބޮޑު ބްރޭކަކަށްފަހު ޕްރިތީ ފިލްމަކުން އަނެއްކާވެސް ފެނިގެންދާއިރު އޭނާ ވަނީ އިއްޔެ ޓުވިޓާ މެދުވެރިކޮށް އޭނާގެ ކުރިއަށް ފިލްމު ކަމަށްވާ "ބައްޔާޖީ ސުޕާހިޓް"ގައި އޭނާ ފެނިގެންދާނެ ގޮތުގެ ފޮޓޯއެއް ދައްކާލާފައެވެ. އެގޮތުން އެއީ "ބައްޔާޖީ ސުޕާހިޓް" އިން ސަޕްނާ ދޫބޭ ކަމަށް އޭނާ ބުނެއެވެ. އަދި އެފިލްމު ނެރެނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ އަނބުރާ އައީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.





އުމުރުން 43 އަހަރުގެ ޕްރިތީ އެފިލްމުގެ ޕޯސްޓަރުން ފެނިގެންދަނީ ވަރަށް ކެރޭ، ވަރުގަދަ އަންހެނެއްގެ ރޯލުން ކަމަށް ގިނަބަޔަކު ބުނަމުންދެއެވެ.

އެފިލްމުގައި ޕްރިތީގެގެ އިތުރުން ސަނީ ޑިއޯލް، އަރްޝަދް ވާސީ، ޝްރިއާސް ތަލްޕަޑޭ، އަމީޝާ ވެސް ފެނިގެންދާނެއެވެ. އެފިލްމުގައި ސަނީ ޑިއޯލް ފުރަތަމަ ފަހަރަށް ޑަބަލް ރޯލަކުން ފެނިގެންދާނެއެވެ.

ހިޔާލު