K. Thulusdhoo In Masthuvaa Thakehchaaeku Meehaku Hayyaru Kohfi
image
ކ. ތުލުސްދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި--
0 ކޮމެންޓް
 

ތުލުސްދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

ކ. ތުލުސްދޫއިން މަސްތުވާތަކެއްޗާއެކު ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ރަށުތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުންދިޔަ ފުލުހުންނަށް އެމީހާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން މިމަހުގެ ހަ ދުވަހުގެރޭ 23:19 ހާއިރުއެވެ.

އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުލުހުންދަނީ އެމައްސަލަ ބަލާ ތަހުގީގު ކުރަމުންނެވެ.
ހިޔާލު