Manmarziyaan ge Furathama Poster Dhahkalaifi
image
"މަންމަރްޒިޔާން" ގެ ފުރަތަމަ ފޯސްޓަރު ދައްކާލައިފި--
0 ކޮމެންޓް
 

"މަންމަރްޒިޔާން" ގެ ފުރަތަމަ ފޯސްޓަރު ދައްކާލައިފި

ތާފްސީ ޕަންނޫ އާއި އަބީޝޭކް ބައްޗަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "މަންމަރްޒިޔާން" ގެ ފުރަތަމަ ފޯސްޓަރު ދައްކާލައިފިއެވެ.
އަނޫރާގް ކަޝަޔަބް ޑައިރެކްޓު ކުރާ އެފިލްމުގެ ފޯސްޓަރު އަބީޝޭކާއި އަނޫރާގް ވަނީ މިއަދު ދައްކާލާފައެވެ. އެގޮތުން ޓުވިޓާ މެދުވެރިކޮށް އަބީޝޭކް އެފޮޓޯ ހިއްސާކޮށްފައިވާއިރު އެފޮޓޯއިން ފެނިގެންދަނީ އަބީޝޭކާއި ތާޕްސީ ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބޭ މަންޒަރެވެ.

އަބީޝޭކް ބުނީ "އަސްލު ހިތް ބޭނުންވަނީ ކޮންއެއްޗެއް ހެއްޔެވެ؟" މިހެންނެވެ. އަދި މާދަމާ ފިލްމުގެ ޓްރައިލާ ނެރޭނެ ކަމަށް ވެސް އަބީޝޭކް ވަނީ ބުނެފައެވެ.


އަބީޝޭކް އެންމެ ފަހުން ކުޅެފައިވަނީ "ހައުސްފުލް 3"އެވެ. އޭގެ ދެއަހަރު ފަހުން ނެރެން ހަމަޖެހިފައިވާ މަންމަރުޒިޔާންއަކީ ލޯބީގެ ވާހަކައެއްގެ މައްޗައް ހަދާ ފިލުމެކެވެ. އެފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ މަހު 14 ގައެވެ.

ހިޔާލު