Kovacic Chelsea Ah, Courtois Real Ah
image
ޓީބައުޓް ކޯޓުއާ ފޮޓޯ:---
0 ކޮމެންޓް
 

ކޮވަކިޗް ޗެލްސީއަށް، ކޯޓުއާ ރިއާލްއަށް

ރިއާލް މެޑްރިޑުގެ ޒުވާން ކުޅުންތެރިޔާ މަޓިއޯ ކޮވަކިޗް ޗެލްސީއަށް ލޯނު އެއްބަސްވުމެއް ދަށުން ދޫކުކުރުމަށް ރިއާލް މެޑްރިޑުން ނިންމާފައިވާއިރު ރިއާލްއިން ކޯޓުއާއަށް ކޮށްފައިވާ ބިޑު ގަބޫލުކޮށް، އޭނާ ވިއްކާލުމަށް ޗެލްސީން ނިންމައިފި އެވެ.
މި ޓްރާންސްފާ ބާޒާރުގައި ރިއާލް މެޑްރިޑުން ވަރަށް ބޮޑަށް ފާރަލަމުން އައިސްފައިވާ ޗެލްސީގެ ކީޕަރު ކޯޓުއާ އެންމެފަހުން ރިއާލް މެޑްރިޑަށް ވިއްކާލަން ޗެލްސީން އެއްބަސްވީ 38 މިލިއަން ޕައުންޑުގެ ޓްރާންސާ ފީ އެއްގައެވެ. ކޯޓުއާގެ ޓްރާންސްފާއާ ގުޅިގެން ދެ ކްލަބު އެއްބަސްވުމަކަށް އައިސްފައި ވީނަމަވެސް އަދި މި ޓްރާންސްފާގެ ވާހަކަ ރަސްމީ ގޮތުން އިއުލާން ކޮށްފައެއް ނުވެއެވެ

މި ޓްރާންސްފާ ބާޒާރުގައި ރިއާލް މެޑްރިޑުން ކޯޓުއާއަށް ޝައުގުވެރިކަން ފާޅުކުރުމާއެކު ކޯޓުއާގެ އެޖެންޓް ވަނީ އޭނާ ޗެލްސީ ދޫކޮށް ރިއާލްއާ ގުޅެން ބޭނުންވާ ކަމަށް ބުނެ އޭނާ ރިއާލްއާ ގުޅެން ދޫކޮށްލުމަށް ޗެލްސީއަށް ގޮވާލާފައެވެ. ނަމަވެސް ޗެލްސީން ފުރަތަމަ ބޭނުންވީ ކޯޓުއާ ހިފަހައްޓާށެވެ. ނަމަވެސް ކޯޓުއާ ކްލަބުގެ ފަރިތަކުރުންތަކަށް ހާޒިރުނުވުމާއި އޭނާގެ ކޮންޓްރެކްޓުގައި އެންމެ އަހަރެއް ބާކީ އޮތުމާއެކު ޗެލްސީން އޭނާ ދޫކޮށްލަން ނިންމާފައިވާއިރު އޭނާ ނެތްތަން ފޫބެއްދުމަށް ޗެލްސީން ދަނީ 71 މިލިއަން ޕައުންޑުގެ ރިލީޒް ކްލައުސް އެއް އެކްޓިވޭޓުކޮށް އެތުލެޓިކް ބިލްބާއޯގެ ކީޕަރު ކެޕާ އެކްލަބަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ކޯޓުއާ ޗެލްސީން ރިއާލް މެޑްރިޑަށް ބަދަލުވާއިރު މި ޓްރާންސްފާގައި ރިއާލްގެ ކުޅުންތެރިއަކު ވެސް ޗެލްސީއާ ގުޅޭނެ އެވެ. އެގޮތުން ލޯނު އެއްބަސްވުމެއްގެ ދަށުން ކޮރޭޝިއާގެ މިޑްފިލްޑަރު މަޓިއޯ ކޮވަކިޗް ޗެލްސީއަށް ދޭން ރިއާލް މެޑްރިޑުން ނިންމާފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ކޯޓުއާ ހޯދުމަށް އެކްލަބުން ކުރަމުން އައި މަސައްކަތް ކާމިޔާބު ކުރުމަށް ރިއާލް މެޑްރިޑުން އެއްބަސްވި ޓްރާންސްފާ އެކެވެ.
ހިޔާލު