Kuda Kujjeh Gayah Kulhu Jehi Massalaige Suspension Ah Fahu Carragher Alun Vazeefaa Ah
image
ކަރަގާ ވަނީ ކުއްޖާ އާއި އާއިލާގެ ކިބައިން މައާފަށް އެދިފައި ---
0 ކޮމެންޓް
 

ކުޑަ ކުއްޖެއް ގަޔަށް ކުޅުޖެހި ކަރަގާ އަށް އަލުން ވަޒީފާ ދީފި

ސްކައި ސްޕޯޓްސްގައި ވަޒީފާ އަދާކުރި އަދި ލިވަޕޫލަށް ކުޅެ ރިޓަޔަކޮށްފައިވާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖެމީ ކަރަގާ، ކުޑަ އަންހެން ކުއްޖެއް ގަޔަށް ކުޅުޖެހި މައްސަލާގައި ސަސްޕެންޑުކޮށް، ވަޒީފާއިން ވަކިކުރިތާ ފަސް މަސް ދުވަސް ފަހުން އޭނާ އަށް އަލުން ސްޕެއިން ސްޕޯޓްސްގެ ޕަންޑިޓެއްގެ ވަޒީފާ ދީފިއެވެ.
މިހާދިސާ ހިނގާފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި މެޗަށް ފަހު ޖޭމީ އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. ޖޭމީ ދަތުރު ކުރި ކާރު ޓްރެފިކްގައި މަޑުކުރި ވަގުތު އޭނާގެ ކާރާއި ޖެހިގެން އޮތް ކާރުގައި އިން ކުޑަ އަންހެން ކުއްޖާގެ މޫނަށް އޭނާ ކުޅުޖެހީ ކާރު ދުއްވަން އިން މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރު އަދި ކުޑަކުއްޖާގެ ބައްޕަ އާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށްފަހު އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަންހެން ކުއްޖާގެ ބައްޕަ ޖޭމީއަށް ގޮވާފައިވަނީ "އަންލަކީ ޖޭމީ ލެންޑް" މިހެންނެވެ. ބަދަލުގައި ޖޭމީ ވަނީ ކުޅުޖެހުމަށްފަހު ހަޑިހުތުރު އެއްޗެހި ގޮވާފައެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޭމީ މިއަމަލާއި ގުޅިގެން ސްކައި އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދަ އަމަލެއް އެއްވެސް ސްޓާފެއްގެ ކިބައިން ގަބޫލު ނުކުރާނެ ކަމަށާއި އެކަމާ ގުޅިގެން ހަރުކަށި ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ. ޖޭމީގެ ސަސްޕެންޝަން އުވާލުމާ މެދު އަދި މިހާތަނަށް ސްކައި ސްޕޯޓްސްއިން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކުޅު ޖެހި މައްސަލާގައި ސްކައި ސްޕޯޓްސުން ޖޭމީ ކަރަގާ ސަސްޕެންޑު ކުރަން ނިންމި ނިންމުމާ ގުޅިގެން އޭނާ ކުޅު ޖެހި ކުއްޖާއާ އޭނާގެ އާއިލާއިން ވަނީ ޖޭމީގެ ސަސްޕެންޝަން އުވާލުމަށް ސްކައިގެ ކިބައިން އެދިފައެވެ. އެއާއިލާއިން ޖޭމީ ކަރަގާގެ ސަސްޕެންޝަން އުވާލަން އެދިފައިވާއިރު ޖޭމީ ކަރަގާ ވެސް ވަނީ އާއްމު މެސެޖެއްގައި އޭނާ އެގޮތަށް އަމަލު ކުރުން ބަލައިނުގަނެވޭނެ ކަމަށް ބުނެ ކުއްޖާއާއި އާއިލާގެ ފަރާތުން މައާފަށް އެދިފައެވެ.

ހިޔާލު