Karan Johar Preity ah Maruhaba Kiyaifi
image
ކަރަން ޖޯހަރު--
0 ކޮމެންޓް
 

ކަރަން ޖޯހަރު ޕްރިތީއަށް މަރުހަބާ ކިޔައިފި

ބޮޑު ބްރޭކަކަށްފަހު ޕްރިތީ ޒިންޓާ ފިލްމީ ދާއިރާއަށް އައުމުން ކަރަން ޖޯހަރު އޭނާ އަށް މަރުހަބާ ކިޔައިފިއެވެ.
އެކްޝަން ކޮމެޑީ ފިލްމު "ބައްޔާޖީ ސުޕާހިޓް" ގައި ޕްރިތީ މަސައްކަތް ކުރަމުންދާއިރު އޭނާ ވަނީ އެފިލްމުގައި އޭނާ ފެނިގެންދާނެ ގޮތުގެ ފޮޓޯއެއް ޓުވިޓާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. އެގޮތުން އެއީ "ބައްޔާޖީ ސުޕާހިޓް" އިން ސަޕްނާ ދޫބޭ ކަމަށް އޭނާ ބުނެއެވެ. އަދި އެފިލްމު ނެރެނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ އަނބުރާ އައީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެޓުވިޓާއެކު އޭނާ އަށް ވަނީ އޭނާ ގެ ރަހުމަތްރިޔާ، ޑައިރެކްޓަރު ކަރަން ޖޯހަރު ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ކަރަން ޖޯހަރު ބުނީ އޭނާ އަލުން ފެނިގެން ދާތީ ވަރަށް އުފާވާ ކަމަށެވެ. އަދި އެއީ މުޅިން އާ ކެރެކްޓަރެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އުމުރުން 43 އަހަރުގެ ޕްރިތީ އެފިލްމުގެ ޕޯސްޓަރުން ފެނިގެންދަނީ ވަރަށް ކެރޭ، ވަރުގަދަ އަންހެނެއްގެ ރޯލުން ކަމަށް ގިނަބަޔަކު ބުނަމުންދެއެވެ.

އެފިލްމުގައި ޕްރިތީގެގެ އިތުރުން ސަނީ ޑިއޯލް، އަރްޝަދް ވާސީ، ޝްރިއާސް ތަލްޕަޑޭ، އަމީޝާ ވެސް ފެނިގެންދާނެއެވެ. އެފިލްމުގައި ސަނީ ޑިއޯލް ފުރަތަމަ ފަހަރަށް ޑަބަލް ރޯލަކުން ފެނިގެންދާނެއެވެ.
ހިޔާލު