BHM ge Fihaara eh Hulhumale ga Hulhuvaifi
image
ބީއެޗްއެމް ހުޅުމާލެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެެރެއިން
0 ކޮމެންޓް
 

ބީއެޗްއެމްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ބީއެޗްއެމް ޓްރޭޑާސްގެ ފިހާރައެއް ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.
ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ "ބީއެޗްއެމް ހުޅުމާލެ" ފިހާރަ ހުޅުއްވައިދެއްވީ ބީއެޗްއެމްގެ ވެރިޔާ ހުސައިން މޫސާއެވެ.


ބީއެޗްއެމް ޓްރޭޑާސް އިން ހުޅުމާލޭގައި ހުޅުވި ފިހާރަ

ބީއެޗްއެމް ހުޅުމާލެ ފިހާރައިން، މާލެއާއި އެއް އަގެއްގައި ބީއެޗްއެމް އިން ރާއްޖެ އިމްޕޯޓްކުރާ މުދާ ލިބޭނެ ކަމަށް ބީއެޗްއެމް ޓްރޭޑާސް އިން ބުނެއެވެ.


ބީއެޗްއެމް ޓްރޭޑާސް އިން ހުޅުމާލޭގައި ހުޅުވި ފިހާރަ


"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމެއް އެއީ ހުޅުމާލޭގައި ބީއެޗްއެމް ޓްރޭޑާސްގެ ފިހާރައެއް ހުޅުވުން" ބީއެޗްއެމް ޓްރޭޑާސްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އިބްރާހިމް މައުމޫނު ވިދާޅުވިއެވެ.

ބީއެޗްއެމް ހުޅުމާލެ ފިހާރަ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 18:00 އަށް ހުޅުވިފައި ހުންނާނެ ކަމަށް ބީއެޗްއެމް ޓްރޭޑާސް އިން ބުނެއެވެ.


ބީއެޗްއެމް ޓްރޭޑާސް އިން ހުޅުމާލޭގައި ހުޅުވި ފިހާރަ


ބީއެޗްއެމް އިން ވަނީ ތަފާތު އެކި ބްރޭންޑްތަކުގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ކޯސްޓްކިރާއި، ހޯސަން ބްރޭންޑްގެ އެކި އުފެއްދުންތަކާއި އައުލް ބްރޭންޑްގެ އުފެއްދުންތަކުގެ އިތުރުން އެކްސްއެލް އެނާޖީ ޑްރިންކް ހިމެނެއެވެ.
ހިޔާލު