Salah Champions League Award Akah Nominate Vejje
image
0 ކޮމެންޓް
 

ސަލާހް ޗެމްޕިއަންސް ލީގު އެވާޑަކަށް ނޮމިނޭޓުވެއްޖެ

މިދިޔަ ސީޒަނުގައި ލިވަޕޫލްއާއެކު މޮޅު ކުޅުމެއް ދެއްކި އެކްލަބުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ޗެމްޕިއަންސް ލީގުގެ އެވާޑަކަށް ނޮމިނޭޓު ވެއްޖެ އެވެ.
މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންނަށް ދޭ މި އެވާޑަށް ސަލާހު ނޮމިނޭޓުވެފައިވާއިރު އޭނާގެ އިތުރު އެންމެ މޮޅު ފޯވާޑުގެ މަގާމަށް ވާދަ ކުރަނީ މިދިޔަ ސީޒަނުގައި ރިއާލް މެޑްރިޑުގެ ޖާޒީގައި ފެނިގެން ދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލަޔޮނަލް މެސީ އެވެ.

މިފަހަރު އެންމެ މޮޅު ކީޕަރުގެ މަގާމަށް ވާދަ ކުރަނީ ލިވަޕޫލުގެ އެލިސަން އާއި ރިއާލް މެޑްރިޑުގެ ނަވާސްގެ އިތުރުން ނުދިޔަ ސީޒަނަށްފަހު ޔުވެޓަސް ދޫކޮށް ޕީއެސްޖީއާ ގުޅިފައިވާ ތަޖުރިބާކާރު ކީޕަރ ބުފޮން އެވެ. އަދި އެންމެ މޮޅު ޑިފެންޑަރގެ މަގާމަށް ނޮމިނެޓުވެފައިވަނީ ރިއާލް މެޑްރިޑުގެ ތިން ކުޅުންތެރިން ކަމުގައިވާ ވަރާން އާއި މާސެލޯގެ އިތުރުން ސާޖިއޯ ރާމޮސް އެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު މިޑްފިލްޑަރުންގެ މަގާމަށް ވާދަ ކުރަނީ ރިއާލް ރިއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗް އާއި ޓޯނީ ކްރޫސްގެ އިތުރުން މެންޗެސްޓާ ސިޓީގެ ކެވިން ޑެބްރުއައިނާ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު 2017/18 ގެ އެންމެ މޮޅު ކުޅުންތެރިންގެ ނޮމިނޭޝަންތައް އިއުލާން ކޮށްފައިވާއިރު މި އެވާޑުތަކަށް ހޮވިފައިވާ ކުޅުންތެރިން ހާމަ ކުރަނީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.
ހިޔާލު