Husathaa Transfer Baazaaru Nimmalai Tottenham Thaareehuge Therah
image
ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ފޮޓޯ:---
1 ކޮމެންޓް
 

ހުސްއަތާ ޓްރާންސްފާ ބާޒަރު ނިންމާލައި ޓޮޓެންހަމް ތާރިހުގެ ތެރެއަށް

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ކުޅުންތެރިއެއްގެ ސޮއި ހޯދުމަކާ ނުލާ، ހުސް އަތާ މިފަހަރުގެ ޓްރާންސްފާ ބާޒާރު ނިންމާލާ ޓޮޓެންހަމް ޕްރިމިއާ ލީގު ތާރީހުން ޖާގަ ހޯދައިފިއެވެ. Dhiraagu
މިއަދު ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި ކްލަބަށް އެންމެ ކުޅުންތެރިއަކު ވެސް ނުގެނުމަށް ޓޮޓެންހަމުން ނިންމުމާއެކު އެކްލަބު ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގު ތާރީހުގައި ވެސް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިއަކު ސޮއި ނުކޮށް ބާޒާރު ނިންމާލި ހަމައެކަނި ކްލަބަށެވެ. 2003 ވަނަ އަހަރު ޕްރިމިއާ ލީގުގެ ނަމުން ނަންދެވި އިނގިރޭސި ފުރަތަމަ ޑިވިޝަން ފެށި ފަހުން އަދި މިހާތަނަށް ކޮންމެ ޓީމަކުން ވެސް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މަދުވެގެން އެންމެ ކުޅުންތެރިއެއްގެ ސޮއި ހޯދާފައިވެއެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރު ޓޮޓެންހަމަށް "ފިނި" ބާޒާރަކަށް ވެފައިވާއިރު ކްލަބުގެ ބައެއް ކުޅުންތެރިންގެ އެއްބަސްވުން އާ ކުރުން ފިޔަވައި އިތުރު މުއާމަލާތެއް މިފަހަރުގެ ބާޒާރުގައި ޓޮޓެންހަމްގެ ފަރާތުން ފެނިގެން ގޮސްފައިނުވާއިރު މާދަމާ ސީޒަން ފަށާ މެޗުގައި އެކްލަބު ނުކުންނާނީ މިފަހަރުގެ އިނގިރޭސި ޓްރާންސްފާ ބާޒާރުގައި އެންމެ ބޮޑު ހަރަދެއް ކުރި ކްލަބު، ލިވަޕޫލްއާ ދެކޮޅަށެވެ.
ހިޔާލު

ލިވަފޫލު ނިހާ

ނިއުކާރސަލް އާއި ދެކޮޅަށް