Saudi coalition in dhin hamala ehgai Yemen ge 29 kudakudhin maraalaifi
image
ހަމަލާގައި ޒަހަމްވި ބައެއް ކުޑަކުދިންނަށް ފަރުވާދެނީ
2 ކޮމެންޓް
 

ސައުދީ ކޯލިޝަނުން ދިން ހަމަލާއެއްގައި ޔަމަނުގެ 29 ކުޑަކުދިން މަރާލައިފި

ސައުދީ އަރަބިއްޔާއާއި ގުޅިފައިވާ ކޯލިޝަނުން ޔަމަނުގެ އަވަށެއްގައި ސްކޫލްކުދިން ގޮވައިގެން ދަތުރުކުރި ބަހަކަށް ހަމަލާދީ 29 ކުޑަކުދިން މަރާލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން މި ހަމަލާގައި އެތައް ބަޔަކު މަރުވެފައިވާއިރު 15 އަހަރުން ދަށުގެ 29 ކުއްޖަކުވަނީ މަރާލާފައެވެ. ހަމަލާ ދީފައިވަނީ ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސާދާ އަވަށުގެ ކާރޯބާރޯބޮޑު މާރުކޭޓް ސަރަހައްދެއްގައި ދަތުރު ކުރަމުން ދިޔަ ބަހަކަށެވެ. މިއަވަށަކީ ސައުދީ އަރަބިއްޔާއާއި ޔަމަނާއި ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ އަވަށެކެވެ.

ހަމަލާގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 29 ކުޑަކުދިން ހިމެނޭކަމަށާއި އަދި ޒަހަމްވި މީހުންގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 48 މީހުންގެ ތެރޭގައިވެސް 30 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާގައި މަރުވި މީހުންގެ އަދަދު ސީދާ ކަށަވަރު ވެފައި ނުވާކަމަށާއި ނަމަވެސް ޖުމްލަ 43 މީހުނަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށްވެސް ބައެއް މީޑިއާތަކުގައިވަނީ ރިޕޯޓްކޮށްފައެވެ.
ހިޔާލު

ކަނބުރު

ސައުދީ ކޯލީޝަންގައި ދިވެހިރާއްޖެވެސް ހިމެނޭކަން ފާހަގަކޮށްލަން.

ގޯަސް

މިއީ ސައުދީ ގެ ނުބަައިކަން