Maradhoo MDP jagaha ah gellundhee baeh meehun zaham kohlaifi
image
މަރަދޫ އެމްޑީޕީ ޖަގަހައަށް ގެއްލުންދީފައި
0 ކޮމެންޓް
 

މަރަދޫ އެމްޑީޕީ ޖަގަހައަށް ގެއްލުންދީ ބައެއް މީހުން ޒަހަމްކޮށްލައިފި

އައްޑޫ ސިޑީ މަރަދޫގައި ހުންނަ އެމްޑީޕީ ގަހަޖައަށް ގުރޫޕަކުން ވަދެ އެތަނަށް ބޮޑެތި ގެއްލުން ތަކެއްދީ ބައެއް މީހުން ޒަހަމްކޮށްލައިފިއެވެ. Dhiraagu
ރޭ 11 ޖަހާކަށް ހާއިރު ދަގަނޑުބުރި އާއި ތޫނު އެއްޗެހި ހިފައިގެން އެމްޑީޕީ ޖަގަހައަށް ވަދެ ހަމަލާދީފައިވަނީ ހަ މީހުންގެ ގުރޫޕަކުންނެވެ.

އެވަގުތު ޖަގަހަ ތެރޭގައި ތިބި ދޮށީ އުމުރުގެ ބައެއް މީހުންނާއި ބައެއް އަންހެނުންނަށް ގުރޫޕުން ހަމަލާދީފައިވާއިރު ބައެއް މީހުންނަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުންވަނީ ފަރުވާވެސް ދީފައެވެ.

ދަގަނޑު ބުރިތައް ހިފައިގެން އައި ގްރޫޕުން ޖަގަހައިގެ ބިއްލޫރިތައް ތަޅާލައި ޖަގަހައިގެ އެތެރޭގައި ހުރި ސައުންޑް ސިސްޓަމުގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.

ރޭގެ ހަމަލާގައި ޖަގަހައިގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން އެތަނުގައި ބޭނުންކުރާ އިލެކްޓްރޯނިކް ބައެއް ސާމާނަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ހިޔާލު