Inthihab gai vaadha nukuran shujau aai umaru ninamavaifi
image
އުމަރު ރަޢީސް ޔާމީން އަރިހުގައި: ފައިލް ފޮޓޯ
4 ކޮމެންޓް
 

އިންތިހާބުގައި ވާދަ ނުކުރަން ޝުޖާއު އާއި އުމަރު ނިންމަވައިފި

މިއަހަރުގެ ރިޔާސީ އިންތުހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަމަށް ވިދާޅުވެފައިވާ ލޯކަލް ގަވަރްމެންޓް އޮތޯރިޓީ، އެލްޖީއޭ ގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސައިން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އިންތުހަބުގައި ވާދަ ނުކުރެއްވުމަށް ނިންމަވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލާފައިވާއިރު އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ސުންގަޑި މިއަދު 16:00 އަށް ހަމަވާނެ އެވެ.

އުމަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ އަންނަ ރިޔާސީ އިންތިހާބަކީ ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިހާބު ކުރުމަށް ވުރެ ބޮޑަށް ފެންނަ ނުފެންނަ ވޯޓަކަށް ބަދަލުވެފައިވާތީ ކަމުގައެވެ.

އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވިކަން ޝުޖާއުވެސް މިއަދުވަނީ އިއުލާނު ކުރައްވާފައެވެ.

އިންތިހަބުގައި ވާދަ ކުރެއްވުމަށް މިހާތަނަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސައިން ނަސީރެވެ.

ނަމަވެސް ހުސެއިން ނަސީރުގެ ފޯމް ކުށުގެ ރެކޯޑުގައި މައްސަލަތަކެއް އުޅޭތީ އޭނާގެ ފޯމް އިލެކްޝަން ކޮމިޝަނުން ވަނީ ބާތިލް ކޮށްފައެވެ.
ހިޔާލު

ދެކޭމީހާކިޔާމީހާ

މިދެމީހުން އިދިކޮޅާއި ގުޅެން މަސައްކަތްކުރާނެކަން ކަށަވަރެވެ! އެކަމަކު އުފެދޭ ސުވާލަކީ، މިމީހުން ކިތަންމެރަނގަޅަކަށް ދެނެވަޑައިގެންނަމަވެސް، މިމީހުން ޤަބޫލުކޮށް އެއްްއޮޑިޔަށްލައިފިނަމަ، ގެއްލޭނެވޯޓު ގިނަވާނެކަން ދެނެވަޑައިގަންނާނެބާވައެވެ؟


ގަދަބަސް

އުމަރު ހީކުރީ ނަޝީދު ވާދަކުރާނެއޭ. އެހެންވެ އެވަރށް ފޫގަޅާފަކުރީ.. އުމަރުގެ ޕްލޭން ޗޮކުންދިޔައީ އިބޫ ކުރިމަތިލީމަ. "ޕްލޭން ބީ" ނެތީމަ އުމަރުގެ.

އަސްލުހާލަތު

1500 ސޮއި ނުލިބުނީމަ ލަދެއްގަ ނުބެދެން ސޮއި ހަމަވެއްޖޭ ކިޔާފަ ފޭކު ފޮޓޯއެއް ޓުވީޓުކޮށްފަ.. ފަހުވަގުތު ވެސް ސޮއި ހަމަ ނުވީމަ ކުރިމަތި ނުލެވުނީ ދޯ އުމަރާ.. ތި ދަންނަ ވައްތަރެކޭ.. ދެން ތިހިރީ މީހެއް ނޫން ގަމީއެއް.. މީހެއްގެ އެއްބުރި

ހެޔޮނުވާނެ

ހެޔޮނުވާނެ ތި ދެމީހުންވެސް އިދިކޮޅާ ނުގުޅޭތި، ތި ދެމީހުން ވަދެއްޖެ ތަނެއް އަދޮނެތް ފުނޑާ ނުލައެއް. އުސޫލާއި ސުލޫކާއި ހަމައާއި ބަސްމަގަށް ބެލިޔަސް ތި ދެމީހުން ތިބުން އެންމެ އައުލާކަން ބޮޑީ ރައީސް ޔާމީނާއިއެކު. ޕީޕީއެމްއަށް ގުޅިވަޑައިގަންނަވާ. ހެޔޮނުވާނެ މިކޮޅަށް ނާންނާތި އާދޭސްކޮށްފަ މިބުނީ