Suhana Ge Chuhty Italy Gai
image
ސުހާނާ ހާން--
0 ކޮމެންޓް
 

ސުހާނާގެ ޗުއްޓީ އިޓަލީގައި

ބޮލީވުޑުގެ މަޝްހޫރު ބަތަލު ޝާހުރުކް ހާނުގެ އަންހެން ދަރިފުޅު އިޓަލީގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އުމުރުން އެންމެ 18 އަހަރުގެ ސުހާނާ އިޓަލީގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާގެ ރަހުމަތްތެރިންނާއެކު ނަގާފައިވާ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ސުހާނާގެ އެދަތުރުގައި އޭނާގެ އާއިލާގެ މީހަކު ބައިވެރިއެއް ނުވެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސުހާނާ ފުރަތަމަ މަސައްކަތް ވޮގް މެގަޒިން ކަވާ އިން ފެނިގެންދިޔައިރު އެއީ އޭނާ އެފަދަ މަސައްކަތެއް ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މަޝްހޫރު މެގަޒިން ވޮގް އިން ސުހާނާއަށް އެފަދަ ފުރުސަތެއް ދިނުމުން އޭނާގެ މައިންބަފައިން ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ތިބި ނަމަވެސް އާއްމުންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. ސަބަބަކީ ސުހާނާއަކީ އެއްވެސް މަސައްކަތެއް ކުރަމުން އަންނަ ފަރާތަކަށް ނުވުމެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގު ސުހާނާގެ ހުރިއިރު އޭނާ އަންނަނީ ސުކޫލު ދައުރުން ފެށިގެން އޭނާގެ އެކްޓުކުރުމުގެ ހުނަރު ދައްކުވައިދިނުމަށް ޑްރާމާ މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. އެހެން ނަމަވެސް ފިލްމީ ދާއިރާއަށް ސުހާނާ ނެރުމަށް އެހީތެރިވެދޭނީ އޭނާގެ ތައުލީމީ ހަޔާތް ނިމުމުންކަމަށް އޭނާގެ ބައްޕަ ޝާހު ބުނާއިރު ސުހާނާގެ ކިޔެވުން ނިމޭކަށް މިހާރު މާގިނަ ދުވަހެއް ނެތެވެ. ސުހާނާ ބޮލީވުޑަށް ނެރޭނެ ބޮޑު ޑައިރެކްޓަރަކު ހޯދުމަށް ޝާހު މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ސުހާނާއަކީ ޝާހު ރުކް ހާނާއި ޕްރޮޑިއުސަރު އަދި އިންޓީރިއާ ޑިޒަނަރެއްކަމަށްވާ ގޯރީ ހާނުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ސުހާނާގެ އިތުރުން ޝާހު އާއި ގޯރީއަށް ވަނީ ދެ ފިރިހެން ދަރިން ލިބިފައެވެ. އެއީ 2013 ވަނަ އަހަރު ޝާހުއަށް ލިބިފައިވާ އަބްރާމް އާއި 20 އަހަރުގެ އާރްޔަނެވެ. ފިލްމީ ދާއިރާއަށް ވަނުމަށް މިހާތަނަށް އަރްޔާން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.
ހިޔާލު