Sidharth aai Parineeti Jabariya Jodi ge Shooting Fashaifi
image
ސިދާތް އާއި ޕަރިނީތީ--
0 ކޮމެންޓް
 

ސިދާތާއި ޕަރިނީތީ "ޖަބަރިޔާ ޖޯޑީ" ޝޫޓިން ފަށައިފި

ސިދާތް މަޅޯތުރާއާއި ޕަރިނީތީ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "ޖަބަރިޔާ ޖޯޑީ" ގެ ޝޫޓިން ފަށައިފިއެވެ.
އޭކްތާ ކަޕޫރު ޑައިރެކްޓުކުރާ އެފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު މީގެ ކުރިން އެފިލްމަށް ކިޔަން ނިންމާފައިވަނީ "ޝޮޓް ގަން"އެވެ. ނަމަވެސް މިހާރު ވަނީ އެފިލްމުގެ ނަމަށް ބަދަލު ގެނެސް "ޖަބަރިޔާ ޖޯޑީ" ކިޔާފައެވެ. ރިޕޯޓުތައް ބުނާގޮތުގައި އެފިލްމަށް އެނަން ދިނީ ސިދާތެވެ.

އެފިލްމު ބިނާކޮށްފައިވަނީ ކައިވެނިކުރަން އުޅޭ ފިރެހެންމީހާ ކިޑްނެޕްކުރުމުގެ މައްޗަށެވެ. ފިލްމުގެ ޕޯސްޓަރުތައް މިހާރު ނަގާފައިވާއިރު އެފޮޓޯތައް ވަރަށް އަވަހަށް ދައްކާލާނެކަމަށް އެފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.

އެފިލްމުގެ ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައި ނުވެއެވެ. އަދި ފިލްމުގައި ފެނިގެންދާނެ އިތުރު ކާސްޓުންގެ ނަން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިދާތާއި ޕަރިނީތީ ވަނީ މީގެ ކުރިން ފިލްމު "ހަސީތޯ ޕަސީ" ގައި މަސައްކަތް ކޮށްފައެވެ.
ހިޔާލު