Saudi inn Dhinn Hamalaa ehgai 29 Kudhin Maruvehje
image
ސައުދީއިން ޔަމަންގެ ސްކޫލް ބަހަށް ދިން ހަމަލާގައި 29 ކުދިން މަރުވެއްޖެ--
0 ކޮމެންޓް
 

ސައުދީއިން ދިން ހަމަލާއެއްގައި 29 ކުދިން މަރުވެއްޖެ

ސައުދީ އަރަބިއްޔާއިން ޔަމަނަށް ދިން ވައިގެ ހަމަލާއެއްގައި ސްކޫލް ބަހެއްގައި ދަތުރު ކުރަމުން ދިޔަ ކުދިންތަކުގައި ތެރެއިން 29 ކުދިން މަރުވެއްޖެއެވެ.
ޔަމަންގައި ހަރަކާތްތެރިވާ ރެޑް ކްރޮސްގެ ޖަމިއްޔައަތުން ބުނީ އެހަމަލާއަށް ފަހު ރެޑް ކްރޮސްގެ މުވައްޒަފުން މަސައްކަތް ކުރާ ހޮސްޕިޓަލަށް 15 އަހަރުން ދަށުގެ 29 ކުދިން މަރުވެގެން ގެނައި ކަމަށެވެ. އެ ހަމަލާގައި ޖުމްލަ 48 މީހުން މަރުވެފައި ވާކަމަށް ޔަމަންގެ ކަމާބެހޭ ފަރާތްތަކުން ހާމަ ކުރެއެވެ .

ރިޕޯޓް ތަކުން ބުނާ ގޮތުގައި އެހަމަލާ އަކީ ސައުދީގެ އެހީ ހޯދަމުންދާ ކޯލިޝަނުން އެކުގައި ދިން ހަމަލާއެއް ކަމަށެވެ.

އެހަމަލާ ދީފައިވަނީ ޔަމަންގެ އިދިކޮޅު ހޫތީން ހިންގާ މާރުކޭޓަކަށެވެ. އެގައުމުގެ 'ސޭވް ދަ ޗިލްޑްރަން' ޗެރިޓީއިން ބުނީ ހަމަލާ ދިނީ އެކުދިން ފީލްޑް ޓްރިޕަކަށް ކޯރެއް ކައިރިޔަށް ގޮސް، އަނބުރާ ސްކޫލަށް ދިޔަ މަގުމަތީ ބަސް ދުއްވަން އިން ޑްރައިވަރު ފިނި އެއްޗެއް ބުއިމަށް އެހަމަލާ ދިން މާކެޓް ކައިރީ މަޑު ކޮށްލި ވަގުތު ކަމަށެވެ.

ސައުދީއިން ބުނާ ގޮތުގައި އެމާރުކޭޓަށް ދިން ހަމަލާ އަކީ މިދިޔަ ބުދަ ދުވަހު ޔަމަނުގެ ހޫތީއިން ސައުދީއަށް ދެމުންދާ ހަމަލާތަކުގެ ރައްދު ކަމަށެވެ. އެހަމަލާ އާއި ގުޅިގެން އދ އަން ވަނީ އެކަން ހަމަހަމަ ގޮތަކަށް ބެލުމަށް ގޮވާ ލާފައެވެ.
ހިޔާލު